
ހުކުރު ނަމާދަށް މީސްތަކުން މިސްކިތަށް ޖަމާވެފައި
ހުކުރު ޚުތުބާގެ އިނގިރޭސި ތަރުޖަމާ ޢާއްމުކުރަން ފަށައިފި

އަހުމަދު ޒަލީފު - 16 ޖެނުއަރީ 2023 - 09:33
ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މި ކަމަކީ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ މައުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ.
ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިއުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ގައުމަކަށްވެފައި، އިސްލާމްދީނުގެ މައުލޫމާތު އެފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ހުކުރު ހުޠުބާ އިންގިރޭސި ބަހުން ޝާއިއުކުރަން ފަށާފައިވާއިރު، އައްޑޫ ބަހުރުބައިން ހުތުބާ ކީ މީހަކު މީގެ ކުރިން ސަސްޕެންޑްކޮށްފައިވެސް ވެއެވެ.
އިސްލާމިކް މިނިސްޓްރީން އެކަމާއި ގުޅޭގޮތުން ބުނީ އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ހުތުބާ ކިޔުމުގެ އުސޫލާ ހިލާފުވެގެން އެ މައްސަލަ އިތުރަށް ބެލުމަށްޓަކައެވެ.
އެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފައެވެ.
ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެ ފަހުން ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން