logo

ރައީސްގެ ނިންމެވުމާ އެއްގޮތައް މޯލްޑިވިއަންއަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެންނަނީ

profile

އާމިނަތު ޝަފާ - 26 ޖުލައި 2024 - 22:22

ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތައް ރާއްޖެއާއި ދުރު މަންޒިލްތަކަށް ދަތުރުފެށުމަށް މޯލްޑިވިއަން އިން "ވައިޑް ބޮޑީ" މަތިންދާ ބޯޓެއް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެއާލައިން ހިންގަމުންދާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސެވެ. އަދި މަތިންދާބޯޓު ފޯރުކޮށްދޭ ޓްރޫނޯޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީސީއޯ ކާރްސްޓް ލިންޑާބޫމްއެވެ.

މި އެެއްބަސްވުމުގެ ދަށުން A330-200 މަރުކާގެ އެއާބަސް މަތިންދާ ބޯޓެއް ގެނައުމަށް އެއްބަސްވެފައިވެއެވެ.

މި ފްލައިޓްގެ ދަތުރުތައް މިއަހަރުގެ ފަހު ކުއާޓާރުގައި ފެށުމަށް މޯލްޑިވިއަންއިން އަމާޒު ހިފާފައިވާއިރު އެންމެ ފުރަތަމަ ދަތުރުތައްކުރާނީ ޗައިނާއަށްކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ. މި މަތިންދާބޯޓުގައި އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ.

ނިމިދިޔަ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވަނީ މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ދުނިޔޭގެ ގިނަ މަންޒިލްތަކަށް އުދުހުމަށްޓަކައި އެކަމަށް އެކަށޭނަ ބިޔަ މަތިންދާބޯޓު ފަހަރު މި އަހަރު ގެންނާނެ ކަމަށެވެ.

ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް މުޅިން އައު 7 މަންޒިލަކަށް ދަތުުރު ފެށުމަށް މޯލްޑިވިއަނުން އަންނަނީ މަސައްކަތްކުރަމުންނެވެ.

tel:+9607331319