
ދިވެހި ރާއްޖެއާ ބަންގަލަދޭޝްއާ ދެމެދު އޮންނަ އެކުވެރިކަން އަބަދުވެސް ދެމި އޮންނާނެ- ނައިބު ރައީސް

އައިޝަތު ޔާނިއާ - 08 މޭ 2023 - 05:10
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ޙައްޤުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެންބަސީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބުރައީސް ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން، ރާއްޖޭގެ އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީގައި، އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ޙައްޤުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝް އަކީ މުއްސަނދި ތާރީޚެއް ލިބިފައިވާ ޤައުމެއް ކަމަށާއި، 1978 ވަނަ އަހަރު ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރުމުގެ ކުރިން ވެސް މި ދެ ޤައުމަކީ އާދަ ކާދަޔާއި ސަޤާފަތާއި އަދި ވިޔަފާރިއާ ކަނޑު ދަތުރު ފަތުރު ކުރުން ފަދަ ކަންކަމުގައި ވަރަށް އެއްގޮތް އާދަކާދަތަކެއް ހިއްސާ ކުރާ ދެ ޤައުމު ކަން ފާހަގަ ކުރައްވައި ބަންގްލަދޭޝްއަކީ ރާއްޖޭގެ ޤައުމީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ބައެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ ބަންގްލަދޭޝްގެ ތާރީޚަށް އަލި އަޅުވާލައްވައި އެޤައުމުގެ މިނިވަން ކަމުގެ ބާނީ، ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާން ވެވަޑައިގެންނެވި ގުރުބާނީ ފާހަގަ ކުރައްވަާފައި ވެއެވެ.
ދިވެހި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކޮށްފައިވަނީ 1978 ސެޕްޓެންބަރު 22 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


