
މިނިސްޓްރީ އޮފް ފިނޭންސް ހިންގާ އިމާރާތް
ދަޢުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުން ކުރެވޭ ގޮތް ހަދައިފި

އަހުމަދު ޒަލީފު - 12 މާރިޗު 2023 - 11:51
ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުންކުރުމާބެހޭ އުސޫލެއް އެކުލަވާލާ އަމަލުކުރަން ފަށައިފިއެވެ.
މި އުސޫލުގެ މަގުސަދަކީ، ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުޢާމަލާތްތައް، އޮންލައިން ބޭންކިންގ ނުވަތަ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނޫން ގޮތަކަށް ހިންގެން ނުހުންނަ ހާލަތްތަކުގައި އެފަދަ ޚިދުމަތެއް ލިބިގަތުމުގެ ފުރުޞަތު ދައުލަތުގެ އޮފީސްތަކަށް ހޯދައިދިނުމަށް ޓަކައި، (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 14.6 ވަނަ މާއްދާގެ (ރ) ގެ ދަށުން ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމާއި، ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ނޮމިނީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކުރުމެވެ.
ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޚަރަދުކުރެވޭނީ ދައުލަތުގެ މާލިއްޔަތު ގަވައިދު ހުއްދަކުރާ ޚަރަދުތައް އެކަނިކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ކޯޕަރޭޓް ކްރެޑިޓް ކާޑުން ކުރުމަށް ހުއްދަކޮށްފައިވާ ޚަރަދު ނޫން އެހެން ޚަރަދެއް ކުރަން ޖެހިއްޖެ ނަމަ އެ ކަމަކަށް ޚަރަދުކުރުމުގެ ކުރިން، އެ ކަމެއްގެ ތަފުސީލު މިނިސްޓްރީއަށް ހުށަހަޅައި، އެ ޚަރަދެއް ކުރުމަށް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަންޖެހެއެވެ.
ދައުލަތުގެ އޮފީސްތަކުން ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި މިނިސްޓަރުގެ ހުއްދައާއެކު ފައިނޭންޝަލް ކޮންޓްރޯލަރ، ފައިނޭންޝަލް އިންސްޓިޓިއުޓަށް ހުށަހަޅަންވާނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން