logo

މިނިސްޓަރ ޠާރިޤު އައި.ޔޫ.ސީ.އެން ޑިރެކްޓަރ ޖެނެރަލްއާ ބައްދަލުކުރައްވައިފި

profile

އައިޝަތު އިނާޝާ - 03 ސެޕްޓެމްބަރު 2024 - 21:51

ފޮޓޯ: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ

ފޮޓޯ: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ

އާރު.ސީ.އެފް 2024 އޭޝިއާ ކޮންފަރެންސްގެ ތެރެއިން، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ، ޠާރިޤު އިބްރާހިމް އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) ގެ ޑިރެކްޓަރ ޖެނެރަލް ގްރެތެލް އަގުއިލާއާ ބައްދަލުކުރައްވައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގެ ސަބަބުން ރާއްޖެއާއި އައި.ޔޫ.ސީ.އެން އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ 2.3 މިލިއަން ޑޮލަރުގެ ފަންޑިންގއާއެކު ހިންގާ މަޝްރޫޢުތައް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޔޫރަޕިއަން ޔޫނިއަންގެ ފަންޑިންގ އާއެކު 2025 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ 6.5 މިލިއަން ޔޫރޯގެ އައު މަޝްރޫޢުއެއްގެ މަޢުލޫމާތުވެސް ހިއްސާކުރެވުނެވެ. މި މަޝްރޫޢުގެ އަމާޒަކީ ތިމާވެށި ރައްކާތެރިކުރުމާއި، އެއްފަހަރު ބޭނުންކޮށްލާ ޕްލާސްޓިކް ނައްތާލުމެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި އައި.ޔޫ.ސީ.އެން އާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖެއާއި އައި.ޔޫ.ސީ.އެން އާ ދެމެދު އިތުރު މަޝްރޫޢުތައް ހިންގުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށާއި މި މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

https://wamco.com.mv/
tel:+9607331319