logo

މާލެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް: މިނިސްޓަރ

profile

ޝާމާ ޝުޢައިބު - 17 އޮކްޓޯބަރު 2024 - 11:50

ވަޒީރު ޠާރިޤް އިބްރާހީމް އާއި އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ މަޝްވަރާ ބައްދަލުވުމުގައި:

ވަޒީރު ޠާރިޤް އިބްރާހީމް އާއި އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ މަޝްވަރާ ބައްދަލުވުމުގައި:

މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދާއިރު، ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެށްޓާ ހަކަތައާއިބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ބުދަ ދުވަހު ވަނީ މުހިންމު މަޝްވަރާއެއް ކުރިއަށް ގެންގޮސްފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއިބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އާއި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީންއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ކަމަށް މިނިސްޓްރީން ބުންޏެވެ،

މީގެ އިތުރުން، މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް އޮތް ތަނުގައި ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން ފާޙަގަކޮށްފައި ވެއެވެ.

ވަޒީރު ޠާރިޤް ވިދާޅުވީ މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދާއިރު، ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމުގައެވެ. އަދި މި ދާއިރާއިން އެމް.ޑަބްލިއު.އެސް.ސީ އިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އެމް.ޑަބްލިއު.އެސް.ސީގެ އެމްޑީ ޢަބްދުލްމަތީން ވިދާޅުވީ ކުންފުނިން ގެންގުޅޭ އާ ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓްތަކުގެ ސަބަބުން ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ދާއިރާ ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

https://wamco.com.mv/
tel:+9607331319