logo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު  / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

މިހާތަނަށް 275 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެސްޑީއެފް އަށް ވަނީ ޖަމާކޮށްފައި: ރައީސް

profile

މުޙައްމަދު ފަޟްލޫން - 05 ފެބްރުއަރީ 2026 - 06:05

މިހާތަނަށް 275 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެސްޑީއެފް އަށް ވަނީ ޖަމާކޮށްފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިސަރުކާުރުން ވެރިކަމާއި ހަވާލްވިއިރު އެސްޑީއެފްގައި ބޭނުންކުރެވޭ ގޮތަށް ހުރީ އެންމެ 2 މިލިއަން ޑޮލަރެވެ.

މިސަރުކާރުން ވެރިކަމާއި ހަވާލްވި ފަހުން އެސްޑީއެފްގެ ބޭރުފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާކަން ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުންވެސް މިހާރު ފާހަގަކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ އޭޕްރިލް މަހު އަދާކުރަންޖެހޭ ސުކޫކްގެ 150 މިލިއަން ޑޮލަރު ޖަމާކުރަން ރާވާފައިވަނީ އެސްޑީއެފަށް ޖަމާކޮށްފައިވާ ބޭރުފައިސާއިން ކަމަށް ރައީސް ވިދާޅުވިއެވެ.

ސުކޫކްގެ އެއްބައި އަނބުރާ ދެއްކުމަށްފަހު ބާކީވާ މިންވަރު ރީފައިނޭންސް ކުރުމަށް މިއަދާ ހަމައަށް ސަރުކާރުން ނަގާފައިވާ އެއްވެސް ދަރަންޏެއްގެ އިންޓްރެސްޓް ރޭޓް ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރި ޒިންމާދާރު ކަންކުޑަގޮތާއި ހިލާފަށް 9 އިންސައްތައަށް ވުރެ ބޮޑު ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ފާއިތުވި ސަރުކާރުތަކުން ދިވެހި ރައްޔިތުންނަށް ވާރުތަކޮށްފައިދިޔަ ބުރަބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް އެކަމަށް ތަސައްލީއެއް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މިސަރުކާރުން މަސައްކަތްކުރަނީ މާލީ ގޮތުން ދިވެހި ގައުމަށް އަދަށް ވުރެ ފާގަތި ނަތީޖާއެއް ހޯދައިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay