
މިނިސްޓަރ އިމްރާން
ދައްކާނެ ލައްކަގިނަ ވާހަކަ އެބަހުރި - އިމްރާން

އަހުމަދު ޒަލީފު - 03 ޖެނުއަރީ 2023 - 14:04
އިންތިހާބު ގާތްވިވަރަކަށް ދައްކާނެ ލައްކަ ގިނަވާހަކަ އޮންނާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ މިއަދު ހަވީރު ކިރެއްވި ޓްވީޓެއްގައެވެ.
އިމްރާން މިހެން ވިދަޅުވީ ސީދާ ކޮންކަމަކާގުޅިގެން ކަމެއް ސާފުކޮށް އެނގޭކައްނެތެވެ.
މިއީ ބޮޑަށް ބެލެވެނީ ކޯލިޝަން ސަރުކާރުން ވަކިވުމުގެ ކޮޅުމަތިކަމަށްވުން ވެސް އެކަށީގެންވެއެވެ. ސަބަބަކީ މިއަހަރަކީ ރިިޔާސީ އިންތިޙާބު ބޯމަތިވެފައިވާ އަހަރު ކަމަށް ވާތީ ކުދި ޕާޓީތަކުން އަބަދުވެސް ބަލާފައިވަނީ ވެރިކަމަށް އަންނާނެ ބޮޑު ޕާޓީއަކާ ކޯލިޝަން ހަދައި ސަރުކާރުތެރެއިން ގިނަފައިދާ ތަކެއް ލިބިގަތުންކަމުގައިވާތީއެވެ.
އިމްރާންއަކީ އަދާލަތު ޕާޓީގެ ރައީސް އެވެ. އަދާލަތު ޕާޓީ އެކި ފަހަރުމަތިން ވެރިކަން ކުރާ ޕާޓީތަކާއި އެކު ކޯލިޝަން ހަދަމުން އަންނަ ޕާޓީއެކެވެ.