logo
މިނިސްޓަރ އިމްރާން

މިނިސްޓަރ އިމްރާން

ނަޞޭހަތް ނުދީ ހެޔޮ ޢަމަލު ކުރޭ - އިމްރާން

profile

އަހުމަދު ޒަލީފު - 06 ޖެނުއަރީ 2023 - 05:53

ހެޔޮ ނަޞޭހަތް ދިނުމަށްވުރެ ހެޔޮ ޢަމަލު ކުރުމަކީ މާ އުނދަގޫ ކަމެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އިމްރާން ވަނީ މި ފަދަ އެހެން ޓްވީޓެއްވެސް މީގެ 2 ދުވަސް ކުރިން ކުރައްވާފައެވެ.

ދައްކާނެ ލައްކަ ގިނަ ވާހަކަ އެބަހުރި - އިމްރާން

އިމްރާން ދައްކަން ހުރި ވާހަކަތަކުގެ އެއްވެސް ތަފްސީލެއް ނުދެއްވައި، މިއަދު ކުރި މި ޓްވީޓެއްގައި އިމްރާން ވިދާޅުވީ އިންތިހާބު ގާތްވާވަރަކަށް ދައްކާނެ ލައްކަ ގިނަ ވާހަކަ ހުންނާނެ ކަމަށެވެ. އިމްރާން އިޝާރާތް ކުރެއްވީ ކާކަށް ނުވަތަ ކޮން ބަޔަކަށް ކަމެއް ވެސް ސާފެއް ނުވެއެވެ.

އިމްރާން ވިދާޅުވީ ދައްކާ ވާހަކަ ޖަޖް ކުރާނީ ވޯޓް ދޭން ތިބި މީހުން ކަމަށެވެ.

"އިންތިހާބު ގާތްވާވަރަކަށް ދައްކާނެ ލައްކަ ގިނަ ވާހަކަ ހުންނާނެ. ޖަޖް ކުރައްވާނީ ހަމަ ވޯޓް ދޭން ތިއްބަވާ ބޭފުޅުންނެވެ." އިމްރާން ވިދާޅުވިއެވެ.

ދައްކާނެ ލައްކަ ގިނަ ވާހަކަ އެބަހުރި ކަމަށް އިމްރާން މިއަދު ވިދާޅުވިއިރު 2015 ވަނަ އަހަރުގެ މެއި ޑޭގައި ބޭއްވި މުޒާހަރާގައި އިމްރާން ވަނީ ރިލްވާން ގެއްލުނު ހާދިސާ އާއި ޑރ.އަފްރާޝީމްގެ އަލީގެ މަރު ރައީސް ޔާމީނާއި ގުޅުވައި އެކަމުގެ ހެކި އެބަހުރި ކަމަށް ވިދާޅުވެފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay