
ފާޠިމަތު ދިޔާނާ ސަޢީދު
އީޔޫ އާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ އައްޔަންކުރަން ރުހުންދީފި

މުޙައްމަދު ފަޟްލޫން - 29 ޖުލައި 2026 - 12:46
އީޔޫ ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ދިޔާނާ ސަޢީދު މި މަޤާމަށް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 7 ވަނަ ދުވަހުއެވެ.
މި މައްސަލަ ދިރާސާކުރި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމާފައިވަނީ، ދިޔާނާއަކީ މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ބޭނުންވާ ޝަރުޛުތައް ފުރިހަމަވާ، ގާބިލު ބޭފުޅެއް ކަމަށެވެ. އެގޮތުން، ކޮމިޓީން މި ނިންމުން ނިންމާފައިވަނީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
އީޔޫ އާއި ބެލްޖިއަމް އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ދިޔާނާ އައްޔަނުކުރަން ފެންނަ ކަމަށް 52 މެމްބަރުން ވަނީ ވޯޓްދީފައެވެ.
ދިޔާނާ އަކީ ރާއްޖޭގެ ސިޔާސީ އަދި ބައިނަލްއަޤުވާމީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
އެކަމަނާ ވަނީ މީގެ ކުރިން ބަންޑާރަނައިބުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން، ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައެވެ.
މީގެ އިތުރުން، ޖެންޑަރ މިނިސްޓަރުކަމުގެ މަގާމުވެސް އެކަމަނާ ވަނީ ފުރުއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން ލިވްއެބޯޑް ފައިނޭންސް ތައާރަފުކޮށްފި
28 މިނިޓު ކުރިން

2 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެ
29 މިނިޓު ކުރިން

ބިލެތްފަހި ކައުންސިލު ޢިމާރާތުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެ
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ސަވާހެލި އައްޑޫސިޓީ ކައުންސިލް އިހްތިސާސްއަށް އައުމަކީ މުހިއްމު ކަމެއް: މޭޔަރ ނިޒާރު
2 ގަޑިއިރު ކުރިން


.gif&w=3840&q=75)