logo

ފުދުންތެރި ދިވެހިރާއްޖެއެއްގެ ތަސައްވަރުގައި ކުލަ ޖައްސައިދޭނީ އަޅުގަނޑު: އަބްދުﷲ ޝާހިދު

profile

އާމިނަތު ޝަޒްލާ - 06 ސެޕްޓެމްބަރު 2026 - 05:32

ފުދުންތެރި ދިވެހިރާއްޖެއެއްގެ ތަސައްވަރުގައި ކުލަ ޖައްސައިދެއްވާނީ އެމަނިކުފާނު ކަމަށް ކުރީގެ ޚާރިޖީ ވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޝާހިދު މިހެން ވިދާޅުވީ މިއަދު އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުން ތިބީ ދަރަނިވެރިވެ، ބޯހާސްވެ، ޖީބު ފޫގޮސް، ނާއުއްމީދު ވެފައި ކަމަށެވެ. އަދި މާތްﷲގެ އިރާދަފުޅާއެކު، ކޮންމެ ރައްޔިތަކަށް ވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭނޭ ފަދަ ފުދުންތެރި ޤައުމަކަށް މި ރާއްޖެ ބަދަލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޝާހިދު ދެއްވިއެވެ.

ޝާހިދު ވިދާޅުވީ، އެމަނިކުފާނު ގެނެސްދެއްވާނީ އިތުބާރާއި ލޯތްބާއި އުއްމީދު ކަމަށެވެ. އަދި އެމަނިކުފާނު ނިކުމެވަޑައިގެން އެ ހުންނެވީ ދިވެހި ރައްޔިތުންނަށް ފުދުންތެރި، ނަފާވެރި ސަރުކާރެއް ހިންގަވައިދެއްވުމަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ޝާހިދު ފާހަގަކުރެއްވި ގޮތުގައި މިވަގުތު ރާއްޖޭގެ އިޤްތިޞާދު އޮތީ ހުއްޓި، މަޑުޖެހިފައެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެ މަޑުޖެހުމާއި ހުއްޓުމަށް ނިމުމެއް ގެނެސް، ދިވެހި ހުރިހާ ރައްޔިތުންނަށް އޭގެ މަންފާއާއި ލާބަ ލިބޭނޭ ފަދަ ފުދުންތެރި އަދި ތަނަވަސް ރާއްޖެއެއް ބިނާކޮށްދެއްވުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319