logo
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު

އެއިމްގެ ސަބަބުން އޭވިއޭޝަންގެ ދާއިރާގައި ގާބިލް މީހުން ބިނާކުރުން ހަލުވިވެގެންދާނެ: ޝަރީފް

profile

މުޙައްމަދު ފަޟްލޫން - 12 އޯގަސްޓު 2026 - 12:33

އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިފްތިތާހުކުރުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ އަދި ގާބިލު މީހުން ބިނާކުރުމުގެ މަސައްކަތްތަކަށް އާ ދިރުމެއް ލިބި، އެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޝަރީފް މިހެން ވިދާޅުވީ، އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކުރުމަށާއި، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުން ފާހަގަކުރުމަށް މިއަދު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާގެ ވާހަކަފުޅުގައި، އެމްއޭސީއެލްގެ ކާމިޔާބީގެ އަސްލަކީ މެދުކެނޑުމެއްނެތި ތަމްރީނާއި ތަޖުރިބާ ހޯދަމުންދާ، ހުނަރުވެރި މުވައްޒަފުންކަން ފާހަގަކުރެއްވިއެވެ.

އެއިމް އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކީ، ހަމަޖެހިފައިވާ ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނުތަކާއި ސަނަދުތައް ހޯދައިދީ، ވަޒީފާގެ ކުރިއެރުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މި ތާރީހީ ރަސްމިއްޔާތުގައި، ސެޓްފިކެޓް ލެވެލް 3 އިން އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކު ވަނީ ދަސްވެނިވެ، ސަނަދު ހާސިލުކޮށްފައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ސީއީއޯ ޝަރީފް ވަނީ ދަސްވެނިވި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވައި، އެމްއޭސީއެލްގެ ހުރިހާ މުވައްޒަފުންވެސް މި އިންސްޓިޓިއުޓްގެ ބޭނުން ހިފައި، ތައުލީމީ ގޮތުންނާއި ފަންނީ ގޮތުން ކުރިއަށް ދިއުމަށް ބާރުއަޅުއްވާފައެވެ.

https://wamco.com.mv/
tel:+9607331319