logo
މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް / ފޮޓޯ: ރައީސް އޮފީސް

މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް / ފޮޓޯ: ރައީސް އޮފީސް

މެލޭޝިޔާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނު އެހީ ފޯރުކޮށްދެނީ

profile

މުޙައްމަދު ފަޟްލޫން - 15 ސެޕްޓެމްބަރު 2026 - 07:49

މެލޭޝިޔާގެ ސެންޓްރަލް ބޭންކް މެދުވެރިކޮށް ރާއްޖެއަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭނެޝަލް ފެސިލިޓީ ހަމަޖައްސަވައިދެއްވަން ނިންމާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ދިވެހި ސަރުކާރުން އެދިވަޑައިގެންފައިވާ ފަދައިން 100 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީ ހަމަޖެއްސުމުގެ މަސައްކަތް، މެލޭޝިއާގެ ސެންޓްރަލް ބޭންކާއި އެމްއެމްއޭ ގުޅިގެން ކުރިއަށްގެންދަވާނެ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒާއެކު ބޭއްވުނު މަޝްވަރާތަކަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، މެލޭޝިއާގައި ތައުލީމު ހާސިލުކުރަމުންދާ އަދި ބޭސްފަރުވާއަށް އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ދިމާވާ ދަތިތައް، އެ ގައުމުގެ ސަރުކާރާއި ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ޙައްލުކޮށްދެއްވާނެ ކަމަށެވެ.

މީގެއިތުރުން، މެލޭޝިއާގެ ޕެޓްރޯނާސް ކުންފުނި މެދުވެރިކޮށް ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކާ ބެހޭގޮތުން ބޮޑުވަޒީރު ވިދާޅުވީ، އެއީ ބައިނަލްއަޤްވާމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ވިޔަފާރިއެއް ކަމަށެވެ. އެހެންކަމުން، އެ ކުންފުންޏާއެކު އިތުރަށް މަޝްވަރާކުރައްވައި، ކުރިމަގުގައި ޕެޓްރޯނާސް މެދުވެރިކޮށް ރާއްޖެއަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވިއެވެ.

ދިވެހިރާއްޖެއިން މެލޭޝިޔާ ސަރުކާރާއެކު އަބަދުވެސް ބަހައްޓަވާ ގާތް ގުޅުމާއި ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމަށް ދިވެހި ސަރުކާރުން ދެއްވި ފުރިހަމަ މެހްމާންދާރީއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319