
ދިފާޢީ އަދި އިސްލާމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން މެލޭޝިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މުޙައްމަދު ފަޟްލޫން - 15 ސެޕްޓެމްބަރު 2026 - 07:43
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިއްމު ދެ ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި މިއަދު ރަސްމީކޮށް ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ބައްދަލުވުމެއްގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދިފާއީ ދާއިރާ އިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމަކާއި، އިސްލާމީ ކަންތައްތަކާއި ގުޅޭ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނެއެވެ.
ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިފާޢީ އަދި ގައުމީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދުއެވެ.
މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ، ޖޯހަރީ އަބްދުލް ގަނީއެވެ.
އިސްލާމީ ކަންތައްތަކާ ގުޅޭ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދެވެ.
މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ، ޖޯހަރީ އަބްދުލް ގަނީއެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާވެ، ދިފާޢީ އަދި އިސްލާމީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މެލޭޝިޔާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނު އެހީ ފޯރުކޮށްދެނީ
7 މިނިޓު ކުރިން

އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި މެލޭޝިޔާއަކީ މުހިއްމު ބައިވެރިއެއް: ރައީސް
ގަޑިއިރެއް ކުރިން

ދިވެހިރާއްޖެއާއި ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފި
2 ގަޑިއިރު ކުރިން

މެލޭޝިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
2 ގަޑިއިރު ކުރިން


