
މެލޭޝިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

މުޙައްމަދު ފަޟްލޫން - 15 ސެޕްޓެމްބަރު 2026 - 06:08
ދިވެހިރާއްޖެއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މެލޭޝިއާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ހާއްސަ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އެރުވުމުގެ އިތުރުން، ސްކޫލް ދަރިވަރުންގެ ސަގާފީ ހަރަކާތްތަކެއް ވަނީ ހުށަހަޅައިދީފައެވެ. އަދި ދިވެހި ގައުމީ ދިފާޢީ ބާރުގެ އަސްކަރީ ބޭންޑުން ދެ ގައުމުގެ ގައުމީ ސަލާމް ކުޅުމަށްފަހު، ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އެމަނިކުފާނުގެ ޝަރަފުގައި އެރުވުނު ޝަރަފުގެ ގާޑު އިންސްޕެކްޓް ކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ދިވެހި ދައުލަތުގެ އިއްޒަތްތެރިންނާއި، މެލޭޝިއާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުން ވަނީ ދެ ގައުމުގެ ވެރިންނަށް ތަޢާރަފުވެވަޑައިގެންފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ މި ހިނގާ މަހުގެ 14 އިން 15 އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހި ހާރިޖިއްޔާގެ އިސް ވެރިންނެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 58 އަހަރު ފުރިފައިވާއިރު، ދެ ގައުމުގެ ސަރުކާރާއި ރައްޔިތުންގެ މެދުގައި ވަނީ ނުހަނު ބަދަހި ގުޅުމެއް އުފެދިފައެވެ. އަދި މަތީ ފަންތީގެ މަޝްވަރާތަކާއި، ތަރައްގީގެ މުހިއްމު އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވެއެވެ.
މިދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ތަފާތު އެކި ދާއިރާތަކުން މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދިފާޢީ އަދި އިސްލާމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން މެލޭޝިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
5 މިނިޓު ކުރިން

އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި މެލޭޝިޔާއަކީ މުހިއްމު ބައިވެރިއެއް: ރައީސް
ގަޑިއިރެއް ކުރިން

ދިވެހިރާއްޖެއާއި ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފި
2 ގަޑިއިރު ކުރިން

މަޝްރޫޢުތަކުގެ ފައިނޭންސިންގއާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރާއި އެސްއެފްޑީގެ ސީއީއޯ މަޝްވަރާކުރައްވައިފި
2 ގަޑިއިރު ކުރިން


