.jpg&w=3840&q=75)
ޢަބްދުއްލަޠީފް ޙަސަންގެ އަވަހާރަވުމުގެ ހިތާމައިގައި ރައީސް، ތަޢުޒިޔާ ދަންނަވައިފި

އާމިނަތު ޝަޒްލާ - 27 އޯގަސްޓު 2026 - 12:17
ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ވ. ކެޔޮދޫ، އަލިވާގޭ، ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޢިއްޒު އިބްރާހީމް، މަރްޙޫމްގެ ޢާއިލާއަށާއި ފެލިދެ އަތޮޅުގެ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވައިފިއެވެ.
ރައީސް، ތަޢުޒިޔާ ދެންނެވީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގެ ޒަރީޢާއިންނެވެ.
ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ، ފެލިދެ އަތޮޅުވެރިކަމާއި، އެ އަތޮޅުގެ އިސް މަޤާމުތަކެއް ފުރުއްވައި، ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ހަރުދަނާ ޝަޚްޞިއްޔަތެއްކަމުގައިވާ ޢަބްދުއްލަޠީފް ޙަސަންގެ އަވަހާރަވުމުގެ ހިތާމައިގައި، ނުހަނު އިޚްލާޞްތެރިކަމާ އެކު، މަރްޙޫމްގެ ޢާއިލާއަށާއި ފެލިދެ އަތޮޅުގެ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
އަދި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި ފުއްސެވުމުގައި، މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް، ﷲ، މަރްޙޫމަށް މިންވަރު ކުރެއްވުން އެދި ދުޢާ ދެންނެވި ކަމަށް ވެސް ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ މައްސަލައަށް ހައްލުހޯދަން އޯއައިސީގެ ދައުރު ހަރުދަނާކުރަންޖެހޭ: ދިވެހިރާއްޖެ
11 މިނިޓު ކުރިން

ޕާސްޕޯޓު ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، މުއްދަތު އިތުރުކުރުމާއި އިމަޖެންސީ ޕާސްޕޯޓް ދޫކުރަން ފަށައިފި
12 މިނިޓު ކުރިން

ޑޮލަރު ލިބޭނެ މަގު ތަނަވަސްކުރަން ކަސްޓަމްސް-ބޭންކް ނިޒާމެއް!
16 ގަޑިއިރު ކުރިން

ހުޅުދެލީ ޖެންސެޓް ހިދުމަތަށް ތައްޔާރު!
17 ގަޑިއިރު ކުރިން


