logo

ރައީސް ޔާމީން ޗިޓާއި ހަވާލްވެވަޑައިގަނަންވަން އުޒުރުވެރިވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 08 ސެޕްޓެމްބަރު 2026 - 10:42

ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފޮނުވި ޗިޓާ އެމަނިކުފާނު ޙަވާލުވެވަޑައިނުގެންނެވި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

https://wamco.com.mv/

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވާގޮތުން، އެ އިމާރާތުގައި ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި ފަރާތް ފުލުހުންނަށް އެނގޭ ހާލު، އެކަމުގެ ހެކިވެސް ފުލުހުންގެ އަތުގައި އެބަހުރި ކަމަށް މި މަހުގެ 5 ވަނަ ދުވަހު ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، އިއްޔެ އިރުއޮއްސި 6:40 ހާއިރު ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެއްސަށް ފުލުހުން ގޮސް އެމަނިކުފާނާ ބައްދަލުކޮށް ޗިޓު ހަވާލުކުރަން މަސައްކަތް ކުރުމުން، އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު އުޒުރުވެރިވެވަޑައިގެންފައިވާ ކަމަށެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ މުއައްސަސާތަކާމެދު އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދި، ތަހުގީގުގެ އިތުބާރު ގެއްލޭ ފަދަ ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ މަޢުލޫމާތުތައް އާންމުކުރުމުގެ ބަދަލުގައި، ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ހުރިހާ ފަރާތްތަކަށް ވެސް ފުލުހުން ވަނީ ގޮވާލައްވާފައެވެ.

12 ޑިސެންބަރު 2024 ގައި ތިން މިނިސްޓްރީ ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށާއި، މި މައްސަލައިގައި އެއްވެސް ފަރާތަކަށް ޖިނާއީ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

https://wamco.com.mv/
tel:+9607331319