
އިންޑިއާގެ ބެންގަލޫރު ސިޓީ---
އިންޑިއާގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ޝުރުފާ މުހައްމަދު - 15 ނޮވެމްބަރު 2024 - 07:59
އިންޑިއާގެ ބެންގަލޫރުން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާ ފެނިފައިވަނީ ބެންގަލޫރުގެ ސިޓީ ހޮޓަލަކުންނެވެ.
މަރުވެފައި އޮއްވައި ފެނުނީ، އުމުރުން 43 އަހަރުގެ ހަސަން ސުހައިލް ނަމަކަށްކިޔާ މީހެކެވެ. ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާ ފެނުނީ މިދިޔަ ބުދަ ދުވަހުއެވެ. އެ ދުވަހަކީ އޭނާ އެ ހޮޓަލުން ޗެކައުޓް ވާން ޖެހޭ ދުވަސް ކަމަށާއި، އޭނާ އިންޑިއާއަށް ދިޔައީ އާދިއްތަ ދުވަހު ކަމަށް ވެއެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ، އަންގާރަ ދުވަހުން ފެށިގެން ހޮޓަލުން ނުނިކުމެ ކާއެއްޗަކަށް ވެސް އޯޑަރު ނުކުރާތީ ހަބަރެއް ނުވުމުން، ހޮޓަލުގެ ސްޓާފުން ފުލުހުންނަށް ރިޕޯޓު ކޮށްގެން އެތަނަށް ވަނުމުންނެވެ. ޑަބަލް ކީ ބޭނުންކޮށްގެން އޭނާ ހުރި ކޮޓަރިއަށް ވަން އިރު އޮތީ ބިންމައްޗަށް ވެއްޓިފައި ކަމަށާއި އަނގައިން ފޮނު އަރާފައި ހުރި ކަމަށް ފުލުހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ފުލުހުން ޝައްކު ކުރަނީ އޭނާގެ ލޭގެ ޕްރެޝަރ ދަށްވެ، ހާޓް އެޓޭކެއް ޖެހުނީ ކަމަށެވެ. އެކަމަކު އަދި އޭނާ މަރުވި ސަބަބެއް ޔަގީން ވެފައެއް ނުވެއެވެ.
މި މަރާ ގުޅިގެން ޕޯސްޓްމޯޓަމް ހަދަން ބޭނުންވާކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވީ ނަމަވެސް، އޭނާގެ އާއިލާގެ ޖަވާބެއް ލިބެންދެން އަދި އޮތީ މޯޗަރީގައެވެ.
ގުޅުން ހުރި ޙަބަރުތައް

ކުޑަކުދިންގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލައިގައި ސައުދުﷲގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް!
7 ގަޑިއިރު ކުރިން

މިއަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވެއްޖެ: އެމްއެމްއޭ
8 ގަޑިއިރު ކުރިން

ފުލުހުންގެ ތެރެއިން ގިނަ ބައެއްގެ މުސާރަ މަދުން ދިން މައްސަލައެއް ފެންމަތިވެއްޖެ!
9 ގަޑިއިރު ކުރިން

15 އަހަރުގެ ކުޑަ ކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައިގައި އެ ކުއްޖާގެ ކާފަ ހައްޔަރުކޮށްފި!
9 ގަޑިއިރު ކުރިން


