logo
—

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ އަވަހާރަވެއްޖެ

profile

އަހުމަދު ޒަލީފު - 12 ޖޫން 2023 - 13:50

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ ޢުމުރުން 86 އަހަރު ފުޅުގައި އަވަހާރަވެއްޖެ އެވެ.

https://wamco.com.mv/

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ އަކީ ފަޚުރުވެރި ޝަޚުސިއްޔަތާއި ވިޔަފާރީގެ ފަންނުވެރިކަމުގެ ގޮތުން މަޝްހޫރު ބޭފުޅެކެވެ. ބާލޫސްކޯނީ ވަނީ ފޯޒާ އިޓަލީ ޕާޓީ އުފައްދައި ލީޑް ކުރައްވައި، 1994 އާއި 2011 އާ ދެމެދު ހަތަރު ދައުރެއްގައި އިޓަލީގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ

ނަމަވެސް ވެރިކަމުގައި ހުންނެވި ދުވަސްވަރު ވެސް ވަނީ ކޮރަޕްޝަންގެ ދައުވާތަކާއި ޖިންސީ ފުރައްސާރައިގެ ކަންތައްތަކުގެ ތުހުމަތުތައް ހިމެނޭ ގޮތަށް މައްސަލަތަކާއި ގާނޫނީ މައްސަލަތަކެއް ވެސް ކުރިމަތިވެފަ އެވެ. އެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އޭނާގެ ވިޔަފާރީގެ ކާމިޔާބީއަށް ސަޕޯޓަރުން ތައުރީފު ކުރިއިރު، ސިޔާސީ އުކުޅުތަކާއި އަމިއްލަ ސުލޫކަށް އެހެން މީހުންގެ ފާޑުކިޔުންތައް އަމާޒުވި އެވެ.

ބިލިއަނަރު މީޑިއާ ޓައިކޫނެއްގެ ގޮތުގައި ހުންނެވި ބާލުސްކޯނީ އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވީ 1994 ވަނަ އަހަރު އެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay