
ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް އެޗްޑީސީ އިން އެމްއައިބީ ގެ އެހީގައި ގާއިމުކޮށްދެނީ

މުޙައްމަދު ފަޟްލޫން - 06 މޭ 2026 - 12:57
ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން މަޑުކޮށްލައިގެން ތިބުމަށްޓަކައި ހާއްސަ ހިޔާވާނެ ސަރަހައްދެއް (ޝޭޑް ސްޓްރަކްޗާ) ގާއިމުކުރުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ އެކްޓިންގ ޑިރެކްޓަރ ހަސަން ޝަހީދުއެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމާރީއެވެ.
ދެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ، ދަރިވަރުން ބަލައި ސްކޫލަށްދާ ބެލެނިވެރިންނަށް އަވިންނާއި ވާރެއިން ސަލާމަތްވެ ތިބެވޭނެ ފަދަ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމެވެ. މި މަޝްރޫއުގެ ދަށުން، ޝޭޑް ސްޓްރަކްޗާގެ ކުރެހުމާއި ފަރުމާކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާއިރު، އެކަމަށް ބޭނުންވާ ތަކެތި ހޯދުމާއި އަމަލީ ގޮތުން އެ މަސައްކަތް ކުރިއަށްގެންދާނީ އެމްއައިބީގެ އެހީތެރިކަމާއެކުގައެވެ.
މި އާ އޮނިގަނޑު ގާއިމުކުރެވުމުން، މޫސުން ގޯސްވާ ވަގުތުތަކުގައާއި ގަދަ އަވީގައި ބެލެނިވެރިން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި މިފަދަ އިތުރު މަޝްރޫއުތައް ކުރިއަށް އޮތް ތަނުގައިވެސް ހިންގުމެވެ.
ގުޅުން ހުރި ޙަބަރުތައް

ޗައިނާގެ ސަފީރު ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
3 ގަޑިއިރު ކުރިން

އިންޑިއާގެ ސަފީރު ދިފާޢީ ވަޒީރާ ބައްދަލުކުރައްވައިފި
4 ގަޑިއިރު ކުރިން

ޕާކިސްތާނުގެ ސަފީރު ދިފާޢީ ވަޒީރާއި ބައްދަލުކުރައްވައިފި
4 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅު ނައްތާލައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)