
ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅު ނައްތާލައިފި

މުޙައްމަދު ފަޟްލޫން - 06 މޭ 2026 - 11:50
މަސްތުވާތަކެއްޗާއި ގުޅުންހުރި ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުގައި ރައްކާކުރެވިފައި ހުރި ބަނގުރާ މިއަދު ނައްތާލައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ތަކެތި ނައްތާލާފައިވަނީ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލި ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 11 ފުޅި ބަނގުރަލާއި 69 ބަނގުރާ ދަޅެވެ.
މި ތަކެއްޗަކީ މިއަހަރުގެ ޖެނުއަރީ 26 އިން ފެށިގެން އޭޕްރީލް 13 ވަނަ ދުވަހާ ހަމައަށް، ކައްދޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް އެޗްޑީސީ އިން އެމްއައިބީ ގެ އެހީގައި ގާއިމުކޮށްދެނީ
4 ގަޑިއިރު ކުރިން

ޗައިނާގެ ސަފީރު ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
4 ގަޑިއިރު ކުރިން

އިންޑިއާގެ ސަފީރު ދިފާޢީ ވަޒީރާ ބައްދަލުކުރައްވައިފި
5 ގަޑިއިރު ކުރިން

ޕާކިސްތާނުގެ ސަފީރު ދިފާޢީ ވަޒީރާއި ބައްދަލުކުރައްވައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)