
އިންޑިއާގެ ސަފީރު ދިފާޢީ ވަޒީރާ ބައްދަލުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 06 މޭ 2026 - 11:51
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަން، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ދިފާޢީ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާޢީ އަދި ސަލާމަތީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ވަީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނުވަތަ ސީދާ ބައްދަލުވުންތަކުގެ ޒަރީޢާއިން ދިފާޢީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކުރުމަށާއި، މި ދާއިރާގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން މެދުނުކެނޑި ދެއްވަމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ދިފާޢީ ވަޒީރު ވަނީ އިންޑިއާ ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް އެޗްޑީސީ އިން އެމްއައިބީ ގެ އެހީގައި ގާއިމުކޮށްދެނީ
3 ގަޑިއިރު ކުރިން

ޗައިނާގެ ސަފީރު ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
3 ގަޑިއިރު ކުރިން

ޕާކިސްތާނުގެ ސަފީރު ދިފާޢީ ވަޒީރާއި ބައްދަލުކުރައްވައިފި
4 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅު ނައްތާލައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)