
ޕާކިސްތާނުގެ ސަފީރު ދިފާޢީ ވަޒީރާއި ބައްދަލުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 06 މޭ 2026 - 11:50
ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން ދެވޭނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމަށާއި، ދާއިރާގެ ތަރައްޤީއަށް ޕާކިސްތާނު ސަރުކާރުން މެދުކެނޑުމެއްނެތި ދެއްވަމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ވަޒީރު ޙަސަން ރަޝީދު ވަނީ ޕާކިސްތާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް އެޗްޑީސީ އިން އެމްއައިބީ ގެ އެހީގައި ގާއިމުކޮށްދެނީ
3 ގަޑިއިރު ކުރިން

ޗައިނާގެ ސަފީރު ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
3 ގަޑިއިރު ކުރިން

އިންޑިއާގެ ސަފީރު ދިފާޢީ ވަޒީރާ ބައްދަލުކުރައްވައިފި
4 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅު ނައްތާލައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)