
ޗައިނާގެ ސަފީރު ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މުޙައްމަދު ފަޟްލޫން - 06 މޭ 2026 - 12:57
ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާޢީ އަދި ސަލާމަތީ ގުޅުންތައް އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި، ދިފާޢީ ވަޒީރު ވަނީ ޗައިނާ ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް އެޗްޑީސީ އިން އެމްއައިބީ ގެ އެހީގައި ގާއިމުކޮށްދެނީ
3 ގަޑިއިރު ކުރިން

އިންޑިއާގެ ސަފީރު ދިފާޢީ ވަޒީރާ ބައްދަލުކުރައްވައިފި
4 ގަޑިއިރު ކުރިން

ޕާކިސްތާނުގެ ސަފީރު ދިފާޢީ ވަޒީރާއި ބައްދަލުކުރައްވައިފި
4 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅު ނައްތާލައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)