
ސިހުރު ހެދިކަމުގެ ތުހުމަތުގައި ށ. ފޭދޫ މީހަކު ހައްޔަރުކޮށްފި

އާމިނަތު ޝަޒްލާ - 18 ޖުލައި 2026 - 12:18
ސިހުރު ހެދިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފޭދުއަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ ފިރިހެނެކެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ސިހުރު ހެދުން ނުވަތަ ސިހުރު ހެދުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅޭކަމުގެ ތުހުމަތުގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ މި ކުށް ކުރިކަމަށް ކޮންމެވެސް މިންވަރަކަށް ތުހުމަތުކުރެވޭ ހެކިތައް ފުލުހުން ވަނީ ހުށަހަޅާފައެވެ.
މި މައްސަލައިގައި ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، ހާދިސާ ހިނގި ގޮތުގެ ރިޕޯޓުގެ އިތުރުން މައްސަލައާ ގުޅުންހުރި ފޮޓޯ ރިޕޯޓުތައް ހިމެނޭ ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.
ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ. އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ސިހުރު ހެދުމަކީ ބޮޑުވެގެންވާ ފާފައަކަށްވާއިރު، މިފަދަ މައްސަލަތައް ފުލުހުން އަންނަނީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އޭއައި ބޭނުންކޮށްގެން ވިޔަފާރިތައް ތަރައްޤީ ކުރުމާ ގުޅޭ ޚާއްޞަ ތަމްރީނެއް!
9 ގަޑިއިރު ކުރިން

އަލަށް ފަށާ މަޝްރޫޢާއެކު ސޯޝަލް ހައުސިން ކިއު ކުޑަވާނެ: ވަޒީރު މުއްޠަލިބު
10 ގަޑިއިރު ކުރިން

ތިން މަސް ތެރޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން އަންގައިފި
10 ގަޑިއިރު ކުރިން

ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ބިދޭސީއަކު މަރާލި މައްސަލާގައި ޝެފް އާބިދުގެ މައްޗަށް ކުށް ސާބިތުވެއްޖެ
10 ގަޑިއިރު ކުރިން


.gif&w=3840&q=75)