.webp&w=3840&q=75)
ބަނޑުހައިހޫނުކަމުގައި މަރާ ހަނގުރާމަކުރާ މަދުވެގެން 11,500 މާބަނޑުމީހުން ފަލަސްތާނުގައި އެބަތިބި!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 24 އޮކްޓޯބަރު 2025 - 07:00
ބަނޑުހައިހޫނުކަމުގައި މަރާ ހަނގުރާމަކުރާ މަދުވެގެން 11,500 މާބަނޑުމީހުން ފަލަސްތާނުގައި އެބަތިބި ކަމަށް އުނައިޓެޑް ނޭޝަނަސް ޕޮޕިއިލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ބުނެފިއެވެ.
2023ގެ އޮކްޓޫބަރުގައި އިސްރާއީލުން ފަލަސްތީނަށް ހަމަލާތައްދީ، ކާބޯތަކެއްޗާއި އިންސާނީ ވަސީލަތްތަކުގެ ދޮރުތައް ބަންދުކުރަން ފެށިފަހުން، ފަލަސްތީނުގެ މާބަނޑު އަންހެނުން މަރާ ހަނގުރާމަކުރަމުންދާއިރު ދުވަސްނުފުރާވިހާ ކުދިންނާއި ކިލޯހަމަނުވާ ތުއްތުކުދިންގެ އަދަދު 20 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް ޔޫއެންއެފްޕީއޭއިން ބުނެއެވެ.
އެ ޖަމާއަތުން ބުނާ ގޮތުގައި، ފަލަސްތީނުގެ ޣައްޒާގެ އާބާދީގެ 4 ބައިކުޅަ އެއްބައި މިހާރުވެސް ދަނީ ބަނޑުހައިހޫނުކަމުގައި މަރާ ހަނގުރާމަކުރަމުންނެވެ. އަދި ބަނޑުހައިހޫނުކަމުގައި މަރާ ހަނގުރާމަކުރާ މަދުވެގެން 11,500 މާބަނޑުމީހުން ފަލަސްތާނުގައި އެބަތިބި ކަމަށް ބުންޏެވެ.
އުނައިޓެޑް ނޭޝަންސް ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައިވާ ގޮތުގައި، މިވަގުތު ޣައްޒާއަށް ކާބޯތަކެތި ވެއްދޭ މަދު ފުރުސަތުތައް ލިބެނީ ދެ ދިމާއަކުންނެވެ. ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ލިބެނީ ދުވާލަކު ޣައްޒާއަށް ވެއްދުމަށް ކަނޑައަޅާފައިވާ 2000 ޓަނުގެ ކާބޯތަކެތީގެ މަދު މިންވަރެއް ކަމަށާއި މިކަމުގެ ސަބަބުން ޣައްޒާގެ އާބާދީއަށް ދުޅަހެޔޮކޮށް ތިބުމަށް ބޭނުންވާ މިންވަރާ ގާތަށްވެސް އެތަކެތި ފޯރުކޮށްނުދެވޭ ކަމަށް އެ ޖަމާއަތުން ބުނެއެވެ.
ޓްރަމްޕު މެދުވެރިއަކަށް ވެގެން، ޙަމާސާއި އިސްރާއީލުން ވަނީ އެއްބަސްވުމެއް ގާއިމުކޮށް އޮކްޓޫބަރު 9ވަނަ ދުވަހުން ފެށިގެން ހަމަލާތައް ހުއްޓާލަން ނިންމާފައެވެ.
އެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ކަމަށް އިއުލާންކުރި ނަމަވެސް. ހަފުތާއެއް ނުވަނީސް އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުނައްތާލުމަށް ހިންގާ ޤަތުލުޢާންމު އަލުން ފަށާފައެވެ.
އިސްރާއީލުން މިހާރު ވެސް ދަނީ އެއްބަސްވުމާ ޚިލާފަށް އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. މި ގޮތުން، ޣައްޒާގެ އެކި ކަންކޮޅުތަކަށް ވައިގެ ޙަމަލާތައް އަމާޒު ކުރަމުންދާއިރު، ޣައްޒާގެ ބައެއް ސަރަޙައްދުތަކުގައި އަދިވެސް ހަރަކާތްތެރިވަމުންދާ ޔަހޫދީ ޓެރަރިސްޓުން ދަނީ ޣައްޒާގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް އަސްކަރީ ޓޭންކުފަހަރާއި ބަޑީގެ ޙަމަލާތައް ދެމުންނެވެ.
އެެއްބަސްވުމުގެ ފުރަތަމަ ފިޔަވައްސަށް އަމަލު ކުރަން ފެށި ފަހުން އިސްރާއީލުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


