
ގަމާއި ފުވައްމުލަކާއި ދެމެދު މޯލްޑިވިއަނުން ދަތުރުތަކެއް ފަށަނީ

އައިޝަތު އިބްރާހިމް - 06 އޮކްޓޯބަރު 2025 - 10:42
ގައުމީ އެއާރލައިން، މޯލްޑިވިއަނުން އައްޑޫސިޓީ، ގަމާއި ފުވައްމުލަށް ސިޓީއާއި ދެމެދު ދަތުރުތަކެއް ބާއްވަން ނިންމައިފިއެވެ.
މިކަން ހާމަކޮށް މޯލްޑިވިއަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ، ފުވައްމުލަކާއި އައްޑޫ ގަމައި ދޭތެރޭ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުވައްމުލަކުން ގަމަށް ދަތުރުކުރަން ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށް ބުނެފައިވެއެވެ.
އަދި ގަމާއި ފުވައްމުލަކާއި ދެމެދު ދަތުރުތައް ފަށާނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބުނެފައިވެއެވެ.
މޯލްޑިވިއަންގެ ޕޯސްޓްގައި ވާގޮތުން މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 676 ރުފިޔާއެވެ.
މޯލްޑިވިއަނުން މި ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މީގެ ކުރިން ވެސް ގަމާއި ފުވައްމުލަކާއި ދެމެދު މޯލްޑިވިއަނުން ދަތުރުތަކެއްކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކެމްޕޭން ދަތުރުތަކަށް އެމްޑީޕީން ފައިސާ ނުދައްކައިގެން މޯލްޑިވިއަން އިން ކޯޓަށް
2 އަހަރު ކުރިން

ޗުއްޓީއާ ދިމާކޮށް، މޯލްޑިވިއަން އިން ދަތުރުތައް އިތުރުކޮށްފި
10 މަސް ކުރިން

ބޮޑު ބޯޓު ގެނައުން ފާހަގަކޮށް މޯލްޑިވިއަނުން މާދަމާ އެއާ ޝޯއެއް ބާއްވަނީ
9 މަސް ކުރިން

ބޮޑު އަގުގައި ޓިކެޓު ނެގި މީހުންނަށް ރީފަންޑު ކޮށްދޭނަން: މޯލްޑިވިއަން
9 މަސް ކުރިން