
ފީއަލީ ހޮސްޕިޓަލް މަޝްރޫއު: ބިން ސާފުކުރުމަށްފަހު ޢިމާރާތުގެ މަސައްކަތް ފެށީ މިސަރުކާރުން: މިނިސްޓަރު ހަލީލް

އައިޝަތު އިނާޝާ - 13 ސެޕްޓެމްބަރު 2025 - 13:43
ފ. ފީއަލީ ހޮސްޕިޓަލް މަޝްރޫއު އަކީ ރިޔާސީ އިންތިޚާބުގެ ވޯޓް ހޯދަން އެމްޑީޕީން އިޢުލާންކުރި ޕްރޮޖެކްޓެއް ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި އެ ހޮސްޕިޓަލް ޢިމާރާތް ކުރަން ހަމަޖެހުނު ބިންވެސް ސާފުކޮށްނުލެވުނު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިދިޔަ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވައެވެ. ޝާހިދު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޑީޕީ ސަރުކާރުން ހިންގަމުންގެންދިޔަ ތަރައްޤީގެ މަޝްރޫޢުތައް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ހުއްޓުވާލާފައި ކަމަށެވެ. އަދި ފ.ފީއަލީގައި އެމްޑީޕީ ސަރުކާރުން ފެށި ހޮސްޕިޓަލުގެ މަސައްކަތް ބާރު ދުވެލީގައި ލިންޓެލް އާއި، ފައުންޑޭޝަން އަޅައި، ދެވަނަ ޝީޓު އެޅުމަށް ތަނބު ޖަހައި، ޝީޓު ތައްޔާރުކޮށްފައި ވަނިކޮށް، މި ސަރުކާރުން ވަނީ ހޮސްޕިޓަލް މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވެފައިވަނީ މި ސަރުކާރުން އެ މަޝްރޫއު ހުއްޓާލައި، އެތައް މިލިއަން ރުފިޔާއެއްގެ މަސައްކަތް ބޭކާރުކޮށްލާފައިވާ ކަމަށެވެ.
ޝާހިދުގެ އެ ޕޯސްޓަށް ރައްދު ދެއްވާ މިނިސްޓަރު ހަލީލް ވިދާޅުވީ އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ ރިޔާސީ އިންތިޚާބުގެ ފ.ފީއަލީގެ ވޯޓް ހޯދަން އެމްޑީޕީން އިޢުލާންކުރި ޕްރޮޖެކްޓެއް ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި އެޢިމާރާތް ކުރަން ހަމަޖެހުނު ބިންވެސް ސާފުކޮށްނުލެވުނު ކަމަށެވެ. އަދި ބިން ސާފުކުރުމަށްފަހު ޢިމާރާތުގެ މަސައްކަތް ފެށީ މިސަރުކާރުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ވޯޓު ހޯދުމުގެ ބޭނުމުގައި މިކަހަލަ އެތައް ހުސް ވަޢުދުތަކެއް އެމްޑީޕީން ވަނީ ރައްޔިތުންނަށް ވެފައި ކަމަށެވެ.
ވެރިކަމުގެ ދަހިވެތިކަމުގައި އަދިވެސް މިހައްދަވަނީ އިތުރުފުޅު: މިނިސްޓަރު ހަލީލް
މި ސަރުކާރު ވެރިކަމަށް އައިއިރު އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި މަޝްރޫއުތައް ފަށައި، ބައެއް މަޝްރޫއުތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން މަސައްކަތް ކުރިޔަށް ނުގެންގޮސް ވަނީ ހުއްޓިފައެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން