logo
ޝެއިހް ނިޝާން

ޝެއިހް ނިޝާން

ނިޝާން، އިމްރާނަށް: "ރަސޫލާއަށް ތިޔަ ނިޞްބަތް ކުރީ ދޮގު ބަހެއް"

profile

އަހުމަދު ޒަލީފު - 13 ޖުލައި 2023 - 14:23

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ރަައީސް އިމްރާން އަބްދުﷲ، މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސް ބަސްފުޅެއް ކަމަށް ވިދާޅުވެ ބޭނުންކުރެއްވި އިބާރާތަކީ އެކަލޭގެފާނުގެ ހަދީސެއް ނޫން ކަމަށް ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އެކަން ތަފްސީލާއެކު ހާމަކުރައްވައިފި އެވެ.

https://wamco.com.mv/

އިމްރާން ގެންނެވި އިބާރާތްތަތަކީ ހަދީސެއް ނޫން ކަމަށް ވިދާޅުވެ ޝެއިހް ނިޝާން ވަނީ އެކަން ތަފްސީލުކޮށްދެއްވާ ވީޑިއޯއެއް އާންމު ކޮށްފައެވެ. ޝެއިހް ވިދާޅުވީ އިމްރާން ވިދާޅުވީ ހަދީސެއް ނޫން ކަމަށެވެ.

"ފުރަތަމަ ކަމަކަށް މިއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސެއް ނޫން،"

ނިޝާން ވަނީ ރަސޫލާއަށް ދޮގު ބަސްފުޅެއް ނިސްބަތް ކުުރުމަކީ ކުޑަކުޑަ ކަމެއް ނޫން ކަމަށް ވިދާޅުވެ އެކަމުގެ ނުރައްކާތެރިކަން ބަޔާން ކޮށްދެއްވާފައެވެ. އަދި ވިދާޅުވީ އިމްރާން އެ ވިދާޅުވި އިބާރާތްތައް ހަދީސް ފޮތްތަކުގައި ނެތް ކަމަށެވެ. އެންމެ ކުޑަމިނުން އިމްރާން ވިދާޅުވި އިބާރާތް ގެންނެވީވެސް ނުބައިކޮށް ކަމަށް ވިދާޅުވި އެވެ. އަދި އިމްރާން ގެންނެވި އިބާރާތް އަރަބި ބަހުގެ ގަވާއިދަށް ވެސް ނުފެތޭ ކަަމަށް ވިދާޅުވެ އެކަންވެސް މިސާލާއެކު ތަފްސީލު ކޮށް ދެއްވި އެވެ.

ސިޔާސީ މަސައްކަތަަށް ނިކުމެވަޑައިގެން ހިސާބުން އަބަދުވެސް ވާދަވެރީންގެ ބޮޑު ފާޑުކިޔުމެއް އޮވެއެވެ. އެއީ ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އަމިއްލަ މަންފާއަށް ބޭނުން ކުރައްވާތީ އެވެ.
މި ފަހަރުވެސް އިމްރާންގެ ކިބައިން ފެނިގެންދިޔައީ އެފަދަ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާ ޝެއިހް ނިޝާން ވަނީ ރައްޔިތުން އެކަންކަމާ ހޭލާ ތިބުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ސިޔާސީ ގޮތުން މަންފާ ހޯދުމުގެ މަގުސަދުގައި ރަސޫލާއަށް ނިސްބަތްކޮށް އިމްރާން ދޮގު ބަސްތަކެއް ރައްދު ކުރި ކުރުމުގެ ނުރައްކާތެރިކަން ބަޔާންކޮށް ދެއްވި އެވެ. އެފަދަ ނުބައި އަމަލުތަކުން ދުުރުވުމަށް ރައްޔިތުުންނަށް ގޮވާލެއްވި އެވެ.
"ގަސްތުގައި ތިމަން ކަލޭގެފާނާ މެދު ދޮގު ހަދައި ތިމަން ކަލޭގެފާނަށް ދޮގު ރައްދުކުރި މީހާ ދަންނާށެެވެ. އޭނާގެ ޖާގަ ނަރަކައިން އޭނާ ކަށަވަރު ކޮށްފިއެވެ،" ރަސޫލާއަށް ދޮގުބަސް ރައްދުކުރާ މީހުންނަށް ހުރި ނުބައިކަން ބަޔާންކޮށްދޭ ހަދީސްގައި ވެއެވެ.

ސިޔާސީ ދާއިރާއަށް އިމްރާން ނިކުންނެވީސުރެ، އިމްރާން ގެންދަވަނީ ދީން ވަރަށް ބޮޑަށް ހަތިޔާރަކަށް ބޭނުން ކުރަމުންނެވެ. އަދި އާއްމުންނަށް އޮޅޭގޮތަށް ދީނާ ގުޅޭ ކަންކަން މީގެ ކުރިންވެސް އިމްރާން ބައެއް ފޯރަމް ތަކުގައި ވިދާޅުވެފައިވެއެވެ.

އެންމެ ކުޑަމިނުން އިމްރާން ވިދާޅުވި އިބާރާތް ގެންނެވީވެސް ނުބައިކޮށް ކަމަށް ވިދާޅުވެ ނިޝާން ވަނީ އެކަމުގެ ފުރިހަމަ ތަފްސީލް ހާމަކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay