
އުސްމާން ޑެމްބެލޭ
މި އަހަރުގެ ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑު ޑެމްބެލޭއަށް

ހަސަން ޝަމްއޫން - 17 ޑިސެމްބަރު 2025 - 09:23
މި އަހަރު ފީފާ އިން ހޮވި އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑު ޕީއެސްޖީގެ ފްރާންސް ތަރި އުސްމާން ޑެމްބެލޭ ކާމިޔާބުކޮށްފިއެވެ.
ގަތަރުގައި ބޭއްވި އެވޯޑު ހަފުލާގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު ހާސިލްކުރީ ސްޕެއިން އަދި ބާސެލޯނާގެ މިޑްފީލްޑަރު އައިތާނާ ބޮންމަތީއެވެ. މިއީ އޭނާ މި އެވޯޑު ހޯދި ތިންވަނަ ފަހަރެވެ.
އުމުރުން 28 އަހަރުގެ ޑެމްބެލޭއަކީ ޕީއެސްޖީން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، އެޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އަދި ފައިނަލްގައި އިންޓަ މިލާން އަތުން 5-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގައި ޑެމްބެލޭ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މިދިޔަ ސީޒަންގައި ޑެމްބެލޭ ހުރިހާ މުބާރާތެއްގައި ޖުމްލަ 35 ލަނޑު ކާމިޔާބުކުރިއިރު، އޭގެ ތެރޭގައި ލީގު 1 ގައި ކާމިޔާބުކުރި 21 ލަނޑާއެކު ، އޭނާ ވަނީ ފްރާންސް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ބެލޮންޑޯ ކާމިޔާބުކުރި ޑެމްބެލޭއަކީ، މިދިޔަ ސީޒަންގައި ޑޮމެސްޓިކް ހުރިހާ މުބާރާތެއް ކާމިޔާބުކުރި ޕީއެސްޖީ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. އަދި އެ ޓީމު ވަނީ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ.
މީގެ އިތުރުން، ފިރިހެން އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު ލިބިފައިވަނީ މެންޗެސްޓާ ސިޓީއަށް މިހާރު ކުޅެމުންދާ އިޓަލީގެ ޖިއަންލުއިޖީ ޑޮނަރޫއްމާއަށެވެ. މި އެވޯޑު އޭނާއަށް ލިބުނީ ޕީއެސްޖީގައި ހުރެ ޓްރެބަލް ކާމިޔާބުކުރުމުގައި އޭނާ އަދާކުރި ދައުރަށެވެ. އަދި އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބުނީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރިކޭ އަށެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮޕާ ޑެލަރޭ: ތިންވަނަ ޑިވިޝަންގެ ޓަލަވޭރާ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
8 ގަޑިއިރު ކުރިން

އީއެފްއެލް ކަޕް: ބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ސިޓީ ސެމީފައިނަލުން ޖާގަ ހޯދައިފި
8 ގަޑިއިރު ކުރިން

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50 މިލިއަން ޑޮލަރު
11 ގަޑިއިރު ކުރިން

ފީފާ އިންޓަރކޮންޓިނެންޓަލް ކަޕް ޕީއެސްޖީ އިން ކާމިޔާބުކޮށްފި
12 ގަޑިއިރު ކުރިން


