logo
މެންޗެސްޓާ ސިޓީ އާއި ބްރެންޓްފޯޑް ވާދަކުރި މެޗުގެ ތެރެއިން

މެންޗެސްޓާ ސިޓީ އާއި ބްރެންޓްފޯޑް ވާދަކުރި މެޗުގެ ތެރެއިން

ްީއީއެފްއެލް ކަޕް: ބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ސިޓީ ސެމީފައިނަލުން ޖާގަ ހޯދައިފި

profile

ހަސަން ޝަމްއޫން - 18 ޑިސެމްބަރު 2025 - 04:01

އީއެފްއެލް ކަޕް ކުއާޓާ ފައިނަލުގައި ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދައިފިއެވެ.

https://wamco.com.mv/

މުބާރާތުގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ސިޓީ ޖާގަ ހޯދީ ދެވަނަ ބުރުގައި 1-3 ގެ ނަތީޖާއަކުން ސްވަންސީ ބަލިކުރުމަށްފަހު އެވެ. އަދި ބްރެންޓްފޯޑް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި 5-0 ގެ ނަތީޖާއަކުން ގްރިމްސްބައި ބަލިކުރުމަށްފަހު އެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، ސިޓީ އިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީނީ މިޑްފީލްޑަރު ރަޔަން ޗެރްކީ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ސިޓީ އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ސިޓީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، ސިޓީގެ ދެވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުހެ ބްރެޒިލް ފޯވާޑް ސަވީނިހޯ އެވެ. މީގެ އިތުރުން ވެސް މިހާފުގައި ސިޓީ އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި މުބާރާތުގެ ސެމީފައިނަލުގައި ސިޓީ އިން ނުކުންނާނީ ޗެލްސީ އާއި ދެކޮޅަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay