logo
ރެއާލް މެޑްރިޑާއި ޓަލަވޭރާ ވާދަކުރި މެޗުގެ ތެރެއިން..

ރެއާލް މެޑްރިޑާއި ޓަލަވޭރާ ވާދަކުރި މެޗުގެ ތެރެއިން..

ކޮޕާ ޑެލަރޭ: ތިންވަނަ ޑިވިޝަންގެ ޓަލަވޭރާ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

profile

ހަސަން ޝަމްއޫން - 18 ޑިސެމްބަރު 2025 - 04:47

ކޮޕާ ޑެލަ ރޭގެ ރައުންޑް އޮފް 32 ގައި ރޭ ރަށުން ބޭރުގައި ތިންވަނަ ޑިވިޝަންގެ އެފްސީ ޓަލަވޭރާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯފައިފިއެވެ.

https://wamco.com.mv/

މުބާރާތުގެ ރައުންޑް އޮފް 32 އިން ޓަލަވޭރާ ޖާގަ ހޯދީ ރައުންޑް އޮފް 64 ގައި ދެވަނަ ޑިވިޝަންގެ މަލަގާ 1-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މިއީ މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ރެއާލް އިން މިސީޒަނުގެ ކޮޕާ ޑެލަ ރޭގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ މިދެޓީމު ވާދަވެރި މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.

މިވަގުތު ލަލީގާގެ ދެވަނައިގައި އޮތް ރެއާލް އިން މިމެޗަށް ވަރުގަދަ ޓީމެއް ނެރެފައިވާއިރު އޭގެ ތެރޭގައި ކިލިއަން އެމްބާޕޭ، އާޑާ ގުލާ، ޑީން ހުއިސަން، ފެރާން ގާސިއާ، ކަރޭރާސްގެ އިތުރުން ޑެނީ ސަބެއްލޯސް ހިމެނެއެވެ.

މީގެ އިތުރުން ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގަައި ބެލިންހަމް، ޗުއެމިނީގެ އިތުރުން ރޮޑްރީގޯ ވެސް ވަނީ ކުޅެން ނުކުމެފައެވެ. އަދި މިމެޗުގައި އެޓީމުގެ ބްރެޒިލް ފޯވާޑް އެންޑްރިކް ވަނީ މިސީޒަނުގައި ފުރަތަމަ ފަހަރަށް ރެއާލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދަފައެވެ. އަދި ދެވަނަ ހާފުގައި ޓަލަވޭރާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ދެލަނޑު ކާމިޔާބުކުރިއިރު ރެއާލް މެޑްރިޑުން ވެސް ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ރެއާލްގެ ކިލިއަން އެމްބާޕޭ ދެލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ އަނެއް ލަނޑަކީ ޓަލަވޭރާގެ ޑިފެންޑަރު މެނުއަލް ފެރާންޑޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިމެޗުގައި ޓަލަވޭރާގެ ނަހުއެލް އަރޯޔޯ އަދި ގޮންޒާލޯ އިގްނާސިއޯ ދި ރެންޒޯ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay