logo
ފީފާގެ ރައީސް..

ފީފާގެ ރައީސް..

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50 މިލިއަން ޑޮލަރު

profile

ހަސަން ޝަމްއޫން - 18 ޑިސެމްބަރު 2025 - 01:10

ފީފާ ވޯލްޑްކަޕްގެ އިނާމް ފައިސާ 50 އިންސައްތަ އިތުރުކޮށް ޗެމްޕިއަން ޓީމަށް 50 މިލިއަން ޑޮލަރު (37.4 މިލިއަން ޕައުންޑް) ދިނުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

https://wamco.com.mv/

އެގޮތުން އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އިނާމް ފައިސާގެ ގޮތުގައި ފީފާ އިން ޖުމްލަ 727 މިލިއަން ޑޮލަރު (544.8 މިލިއަން ޕައުންޑް) ގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އިނާމު ފައިސާގެ ގޮތުގައި ބަހާލެވޭނެ އެންމެ ބޮޑު އަދަދެވެ.

މި އިނާމު ފައިސާގެ ތެރެއިން، ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50 މިލިއަން ޑޮލަރު (37.4 މިލިއަން ޕައުންޑް) ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 33 މިލިއަން ޑޮލަރު (24.7 މިލިއަން ޕައުންޑް) ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުން ކުރިއަށް ނުދެވޭ ޓީމުތަކަށްވެސް 9 މިލިއަން ޑޮލަރު (6.7 މިލިއަން ޕައުންޑް) ލިބޭނެއެވެ.

މީގެ އިތުރުން، މުބާރާތަށް ކޮލިފައިވާ ކޮންމެ ޓީމަކަށް ތައްޔާރުވުމުގެ ޚަރަދުތައް ކަވަރުކުރުމަށް 1.5 މިލިއަން ޑޮލަރު (1.1 މިލިއަން ޕައުންޑް) ދިނުމަށްވެސް ފީފާއިން ވަނީ ނިންމާފައެވެ. މީގެ ސަބަބުން، ވޯލްޑް ކަޕްގައި ބައިވެރިވާ ކޮންމެ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަނަކަށް މަދުވެގެން 10.5 މިލިއަން ޑޮލަރު (7.8 މިލިއަން ޕައުންޑް) ލިބޭނެކަން ކަށަވަރުވެގެންދާނެއެވެ.

ފީފާ އިން މިކަން އިޢުލާންކޮށްފައިވަނީ ވޯލްޑް ކަޕްގެ ޓިކެޓްގެ އަގުތަކާ މެދު އާންމުންގެ ފަރާތުން ބޮޑެތި ފާޑުކިއުންތަކެއް ފީފާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ޓިކެޓްގެ އަގުތަކާ ގުޅިގެން އައި ފާޑުކިޔުންތަކަށްފަހު، ފީފާއިން ވަނީ މުބާރާތުގެ 104 މެޗަށް 45 ޕައުންޑުގެ ޓިކެޓުތަކެއް ތަޢާރަފުކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay