
ލުބުނާނަށް ބޮން އަޅައި ގިނަ ބަޔަކު ޒަހަމްކޮށްލައިފި

މުޙައްމަދު ފަޟްލޫން - 20 ނޮވެމްބަރު 2025 - 13:25
ލުބުނާނަށް ބޮން އަޅައި ގިނަ ބަޔަކު ޒަހަމްކޮށްލައިފިއެވެ.
ލުބުނާންގެ ދެކުނުގައި އޮންނަ ސައިދާ ސަހަރަށް ޔަހޫދީން ދިން ހަމަލާއެއްގައި މިހާތަނަށް 13 މީހުން މަރުވެފައިވާ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ،
މި ޙަމަލާ އަމާޒުކޮށްފައިވަނީ، ސައިދާ ކައިރީގައި ފަލަސްޠީނުގެ ރައްޔިތުން ހިޔާވަހިކަން ހޯދައިގެން ތިބި އައިން އަލް ޙުލްވާ ރެފިއުޖީ ކޭމްޕަކަށެވެ.
ޔަހޫދީން ބުނެފައިވަނީ މި ސަރަޙައްދުގައި ހަނގުރާމަވެރިން ތިބި ކަމަށެވެ.
ޙަމާސް ޖަމާޢަތުން ބުނީ، ހަނގުރާމަވެރިން ތިބި ކަމަށް ބުނެ ޔަހޫދީންގެ މި ނިރުބަވެރި، އަދި ރަޙުމްކުޑަ ޙަމަލާ ދިފާޢުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޙަމާސުން ބުނިީ ލުބްނާންގައި އެ ޖަމާޢަތުގެ އެއްވެސް އަސްކަރީ ތަމްރީން މަރުކަޒެއް ޤާއިމުކޮށްފައި ނުހުންނާނެ ކަމަށެވެ.
ޔަހޫދީންގެ ޙަމަލާ އަމާޒުކޮށްފައިވަނީ، ހާމަކަން ބޮޑުކޮށް އޮންނަ ކުޅިވަރު ދަނޑެއްގައި ޤާއިމުކޮށްފައިވާ ފަލަސްޠީންގެ ގިނަ އަދަދެއްގެ ރައްޔިތުން ހިމާޔަތް ހޯދައިގެން ތިބި ވަގުތީ ހިޔާތަކަކަށް ކަމަށް ޙަމާސުން ބުނެފައިވެއެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ފެށި ޢުދުވާނާއި ގުޅިގެން ޙިޒްބުالله އާއި ޔަހޫދީ ފައުޖާ ދެމެދު ހަމަލާ ބަދަލު ކުރަން ފަށާފައި ވަނީ އޭގެ އެއް ދުވަސް ފަހުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނުކުރުން- ހުވަދުއަތޮޅު ދެކުނުބުރީގެ ޕްރޮގްރާމުތައް
6 ގަޑިއިރު ކުރިން

ބަނގުރާފުޅިތަކާއެކު ހަތަރު މީހަކު ހައްޔަރު
6 ގަޑިއިރު ކުރިން

ސަރުކާރުގެ ޕޮލިޓިކަލް ޑައިރެކްޓަރު ވަކިކޮށްފި
6 ގަޑިއިރު ކުރިން

ގަވައިދާ ޙިލާފު ސިގިރެޓު ވިޔަފާރި- ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި
11 ގަޑިއިރު ކުރިން


