
ހުއްދަނެތި ބޭސްވިއްކާ ފަރާތްތަކަށް ފިޔަވަޅުއަޅަނީ

ޝަހްޒާ މުޙައްމަދު - 18 ޖެނުއަރީ 2026 - 11:40
ހުއްދަ ނެތި ބޭސްވިއްކާ ފާމަސީތަކާއި ލައިސެންސް ނެތް ފާމަސިސްޓުންނަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭ އިން ކުރި އިއުލާނުގައި ބުނީ ރާއްޖެއަށް ބޭސް އިމްޕޯޓުކޮށް ވިއްކޭނީ އެކަމުގެ ހުއްދަ ލިބިގެން ކަމަށެވެ.
ނަމަވެސް، އެއާ ހިލާފަށް މި ފަހަކަށް އައިސް ބައެއް ތަންތަނުގައި ބޭސް ވިއްކަމުންދާތީ، އެކަން ހަނދާންކޮށްދިނުމަށް އެމްއެފްޑީއޭއިން ނެރުނު އިއުލާނުގައި ވާގޮތުން ފާމަސީތަކުގައި އެ އޮތޯރިޓީން ދޫކުރާ "ބޭސް ވިއްކުމުގެ ހުއްދަ" ނެތި ބޭސް ވިއްކުމާއި ހުއްދަ ނެތް ފާމަސިސްޓުން ނެތި މަސައްކަތްކުރުމަކީ ވެސް މަނާކަމެއް ކަމަށެވެ.
އެއާ ހިލާފަށް މަސައްކަތްކުރާ ތަންތަނާއި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައި ވެ އެވެ.
އޭގެ އިތުރުން ފާމަސީތަކުން ބޭސް ނަގާއިރު ބައެއް ކަންކަމަކީ އަމިއްލަ މީހާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށް ވާތީ އަމިއްލަ ޒިންމާ ނެގުމަށް ވަނީ އެދިފަ އެވެ. އެގޮތުން، ފާމަސީއަކީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީއެއްކަން ކަށަވަރުކުރުމަށްޓަކައި ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުމަށް އިރުޝާދުދީފައިވެއެވެ. ބޭސް ދޫކުރަނީ ހުއްދަ އޮތް މީހެއްކަން ކަށަވަރުކުރަން އެމްއެފްޑީއޭއިން ދޫކޮށްފައިވާ ފާމަސިސްޓު އައިޑީކާޑު އަޅާފައިވޭތޯ ބެލުން ވެސް ހިމެނެއެވެ. އަދި މުއްދަތު ހަމަނުވާ ބޭސް ނެގިތޯ ކަށަވަރުކުރަން ބޭހުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހު ބެލުން ބޭސް ބޭނުންކުރަން ވީ ގޮތުގެ އިރުޝާދު ރަނގަޅަށް ކިޔައި ސާފުކޮށް ލިޔެފައިވޭތޯ ބެލުމުގެ އިތުރުން ބޭސް ޕެކްކޮށްފައި ހުރީ ރަނގަޅަށްތޯ ބެލުމަށް ވެސް އެ އޮތޯރިޓީއިން އިރުޝާދުދެއެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން އެމްއެފްޑީއޭގެ ހޮޓްލައިން 7200321 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ގުރައިދޫގައި ކޭމްޕުކޮށްފި
29 މިނިޓު ކުރިން

ގދ. އަތޮޅުގަ ކުރިއަށް ގެންދިޔަ ރައްކާ ރޯޑްޝޯއިން މަގުމަތީގެ ރައްކާތެރިކަމަށް މުހިންމު މެސެޖުތަކެއް ދީފި
30 މިނިޓު ކުރިން

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި
31 މިނިޓު ކުރިން

ވެރިކަމަށް އަންނަ ކޮންމެ މީހަކަށް ގައުމު ފެންނަނީ އެމީހެއްގެ ބައްޕަގެ ތަރިކަ މުދާގަނދެއްހެން: އަލީ ރަމީޒް
33 މިނިޓު ކުރިން


