
އެމްއެންޑީއެފުން އަތުލައިގަތް ލަންކާގެ މަސްބޯޓު/ ފޮޓޯ: އެމްއެންޑީއެފް
ސްރީލަންކާގެ މަސްބޯޓާއި، ބޯޓުން ފެނުނު މަސްތުވާ ތަކެތި ދިވެހި ފުލުހުންނާއި ހަވާލުކޮށްފި

އައިޝަތު އިބްރާހިމް - 09 ނޮވެމްބަރު 2025 - 14:59
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި މިދިޔަ ހުކުރު ދުވަހު އަތުލައިގަތް ސްރީލަންކާގެ މަސްބޯޓާއި، އެ ބޯޓުން ފެނުނު މަސްތުވާ ތަކެތި ދިވެހި ފުލުހުންނާއި ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފުން މިރޭ އެކްސްގައި ހިއްސާކޮށްފައިވާ މެސެޖްގައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅެނިކޮށް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ ލަންކާގެ މަސްބޯޓާއި އެ ބޯޓުން ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
ޑްރޯންގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ބޯޓެއް ހޯދައި، ސިފައިންގެ ބާރުގެ ދަށަށް ގެނައީ އިއްޔެގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން އިއްޔެ ބުނީ އެމްއެންޑީއެފް އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން މިރޭ އެކްސްގައި ހިއްސާކޮށްފައިވާ މެސެޖްގައި ވަނީ، ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ލަންކާ މަސް ބޯޓާއި، އެ ބޯޓުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި އެމްއެންޑީއެފް އިން ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށެވެ.
ރާއްޖެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުން ދަނިކޮށް، ދިވެހި ސިފައިން އިއްޔެ އަތުލައިގަތް ސްރީލަންކާގެ މަސްބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑްރޯން ބޭނުންކޮށްގެން ހިންގި ސަވައިލަންސެއްގައި އަތުލައިގަތް އެ މަސް ބޯޓުގައި ހުރީ މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމަށްވާ، ހެރޮއިން އާއި ކްރިސްޓަލް މެތެވެ. ބޯޓުގައި މަސައްކަތް ކުރާ 6 މަސްވެރިން ވެސް ތިއްބެވެ.
ނަމަވެސް އެމްއެންޑީއެފުން މީހަކު ހައްޔަރަށް ގެންގޮސްފައިވާ ކަމަށް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އެ މަސްބޯޓު ހުއްޓުވީ، ލަންކާގެ ކަނޑުގެ ސިފައިން ދިން އިންޓެލިޖެންސް މައުލޫމާތު މެދުވެރިކޮށް ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމީދޫގައި އެކްސްރޭ އާއި ފިޒިއޮތަރަޕީގެ ހިދުމަތް އަލުން ފަށައިފި
2 ގަޑިއިރު ކުރިން

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި ކަމަށް ތުހުމަތުވާ މީހާ އެހެން މައްސަލައެއްގަ ބަންދަށް!
2 ގަޑިއިރު ކުރިން

ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތަށް ގޮއްސި
2 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ހައްޖު ދުވަހު ދިވެހި ރައްޔިތުންނަށް ސަވާބާއި ދަރުމައަށް އެދި ދުއާ ދަންނަވައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)