logo
—

ޕެރާ ބެޑްމިންޓަން ޓީމް ތައިލެންޑަށް!

profile

އަހުމަދު ޒަލީފު - 06 މޭ 2023 - 11:22

ތައިލޭންޑް ޕެރާ އިންޓަރނޭޝަނަލް ބެޑްމިންޓަން 2023 ''ގެ ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށްޓަކައި ޕެރާ ބެޑްމިންޓަންގެ ޓީމެއް ތައިލެންޑްގެ ބެންކޮކަށް މިއަދު ފުރައިފިއެވެ.

https://wamco.com.mv/

މި މުބާރާތަކީ މިމަހު 9އަކުން 14 ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިމަހުގެ 8 ވަނަ ދުވަހު ކުޅުންތެރިންގެ ކްލަސިފިކޭޝަން ގައި ރާއްޖޭގެ ޕެރަ އެތުލީޓުން ބައިވެރިވާނެއެވެ.

މި ޓީމުގައި ހިމެނެނީ އެސްއެޗް6ގެ ދެ ޕެރާ އެޓްލީޓުންނާ އެސްއެލް ކެޓަގަރީގެ ދެ ކުޅުންތެރިންނެވެ. އެގޮތުން އެސްއެޗް6ގެ ކެޓަގަރީގައި ވާދަކުރަނީ ހައްވާ ޢީޝަލް ރިޔާޒާއި، އާއިޝާތު ނަޒާޙާ ޒަބީޙުވެ. އަދި އެސްއެލް ކެޓަގަރީގެ ވާދަ ކުރާ ދެ ކުޅުންތެރިންނަކީ އަބްދުލްލަތީފް މުޙައްމަދާއި އަޙުމަދު ފަޔާޒެވެ. މި ޓީމުގެ ކޯޗު އަދި މެނޭޖަރެއްގެގޮތުގައި ވަޑައިގަންނަވާނީ ބެޑްމިންޓަން އެސޯސިއޭޝަނުން ޕެރަ ކޯޗިންނަށް އައްޔަންކުރައްވާފައިވާ އަޙުމަދު އިޔާދުއެވެ.

މި މުބާރާތުގައި މި އެތްލީޓުން ސިންގަލް އަދި ޑަބަލްސްގެ އިވެންޓްތަކުގައި ވާދަ ކުރާނެއެވެ. މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީއިން '' މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތުގެ ބައިވެރިވުމުގެ މަޤްސަދަކީ 2024ގައި ފުރާންސްގެ ޕެރިހުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ޕެރަލިމްޕިކް ގޭމްސްއަށް ކޮލިފައިވުމަށާއި ކްލެސިފައިވުމަށް ކޮންމެހެންވެސް ބައިވެރިވާންޖެހޭ މުބާރާތަކަށް ވުމެވެ. އަދި މިފަދަ މުބާރާތްތަކުން ލިބޭ ޕޮއިންޓްތަކުން ޕެރިސް 2024 ގެ ފެރަލިމްޕިކް ގޭމްސްތަކަށް ކޮލިފައިވުމަށް މަގުފަހިކޮށްދިނުމެވެ.

މީގެކުރިންވެސް މި ކުޅުންތެރިން ވަނީ ބަޙްރެއިންގައި ޕެރާ ޔޫތް ގޭމުސްއާއި ދުބާއިގައި ބޭއްވުނު ފަޒާ ގޭމްސްގައި ރާއްޖެ ތަމްސީލުކޮށް ވާދަކޮށްފައެވެ އަދި 2019ވަނަ އަހަރު ސްޕެޝަލް އޮލިމްޕިކްސް، އޭޝިޔާގެ ފަރާތުން ތައިލެންޑުގައި ބޭއްވި ޔުނިފައިޑް ބެޑްމިންޓަން މުބާރާތުގައި ޢަބްދުލް ލަތީފް މުޙައްމަދު ވަނީ ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ.

https://wamco.com.mv/
https://www.aslu.com.mv