logo

ހުޅުމާލޭ މުނިސިޕަލް ކަންކަމުގެ މަޝްވަރާގެ ތަފްސީލު، މާލޭ ސިޓީ ކައުންސިލުން ރައީސަށް

profile

ޝާމާ ޝުޢައިބު - 02 އޮކްޓޯބަރު 2024 - 14:14

މާލެ ސިޓީ ކައުންސިލާއި ރައިސުލްޖުމްހޫރިއްޔާޑރ. މުއިއްޒުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

މާލެ ސިޓީ ކައުންސިލާއި ރައިސުލްޖުމްހޫރިއްޔާޑރ. މުއިއްޒުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމުގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދު ހޯދުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެކަމާ ގުޅިގެން 'އަސްލު ޓީވީ' އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށް ހިދުމަތްދިނުމަށް އެޗްޑީސީއާއެކު މިހާތަނަށް ކުރެވުނު މަޝްވަރާތައް، ސިޓީއަކުން ރައީސް އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގައި ކުރިއަށް ދާންވީ ގޮތުގެ ލަފަޔާއި އިރުޝާދަށް އެއެދިފައިވާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެކަން ކުރަން ނިންމިނަމަވެސް ސީދާ ސިޓީ ކައުންސިލްގެ ދަށަށް މި މަސައްކަތް ބަދަލުވާނެ ތާރީހެއް ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ އަކީ މާލޭގެ ރައްޔިތުން ހޮވާފައި ތިއްބަވާ ކައުންސިލުން ބަލަހައްޓާ ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް ރިޔާސީ ކެމްޕެއިން ތެރޭގައިވެސް ވިދާޅުވެފައެވެ.

މި ބަދަލު ގެނައުމަށް ނިންމަވައި، ޑިސެމްބަރު 31 ވަނަ ދުވަހު ސަރުކާރުން ނެރުނު ބަޔާނުގައިވަނީ، މި ގެންނަން ފެށި ބަދަލުތައް އެކީ ފުރިހަމަވުމުން މާލެ ސިޓީގައި ހިމެނޭ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް ދޭނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ. އަދި މިގޮތަށް ނިންމެވީ މާލޭ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިންކަމަށް ސަރުކާރުން އޭރު ބުނެފައި ވެއެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށް ހިދުމަތްދިނުމަށް އެޗްޑީސީގެ 600 މުވައްޒަފުން ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމާފައިވާއިރު އެ މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނާނެކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.

https://wamco.com.mv/
tel:+9607331319