logo

ފޭސް ތިނެއްގެ ހުސް ބިންތަކުގައި ހުރި ތަކެތި ނެގުމަށް އަންގައިފި

profile

ޝާމާ ޝުޢައިބު - 02 އޮކްޓޯބަރު 2024 - 13:28

 ހުސްކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތަފްސީލު

ހުސްކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތަފްސީލު

ހުޅުމާލެ ތިނަވަން ފިޔަވަހީގެ ހުސް ބިންތަކުގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އެތަކެތީގެ ވެރިފަރާތަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑިސީ)ން އަންގައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ހުން ބިންތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް ދެންނެވިފައިވީ ނަމަވެސް، ގިނަ ފަރާތްތަކުން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ. ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ އެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް މުދަލާއި ތަކެތި ބަހައްޓައި، ބައެއް ފަރާތްތަކުން އަދިވެސް އެ ބިންތައް ބޭނުންކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އިއުލާނުގައި ބުނީ އެހެންކަމުން ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި، 11 އޮކްޓޯބަރު ވާ ހުކުރު ދުވަހުގެ ކުރިން ނެގުމަށް އަންގާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި އެތަކެތި ނަގާފައި ނުވާނަމަ، އެތަކެއްޗަކީ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮއްލާފައިވާ ތަކެތި ކަމުގައި ބަލައި، މި ކޯޕަރޭޝަނުން އެފަދަ ތަކެއްޗާމެދު އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ މަތިން އަމަލު ކުރެވޭނެ ކަމަށާއި އެ މަސައްކަތުގެ ތެރޭގައި މުދަލަށް ނުވަތަ ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޗެނަލް ޕްރޮޖެކްޓް 2 ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދު ހުސްކުރުމަށް އެ ކޯޕަރޭޝަނުން މިދިޔަ ޖެނުއަރީ 30 ގައި އިއުލާންކޮށްފައިވާއިރު، ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް މިދިޔަ މެއި 8 ގައި ވެސް އަންގާފައިވެއެވެ.

https://wamco.com.mv/
tel:+9607331319