logo

ސިނާއީ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިންތަކެއް ވިއްކަނީ

profile

ޒިދާން މުޙައްމަދު - 03 އޮކްޓޯބަރު 2024 - 10:14

ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފައިލް ފޮޓޯ

ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފައިލް ފޮޓޯ

ސިނާއީ މަސައްކަތްތައް ކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން - އެޗްޑީސީން އިޢުލާންކޮށްފިއެވެ.

ހުޅުމާލޭން ވިއްކާ 12 ބިމުގެ ތެރޭގައި ހިމެނެނީ 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ ބިމެެވެ.

އެޗްޑިީސީން ބުނީ ބިންތައް ވިއްކަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "އިންޓަގްރޭޓެޑް ހަބް" ތަރައްގީކުރަން ކަނޑައަޅާފައިވާ ސަަރަހައްދުން ކަމަށެވެ. ހަމައެކަނި ދިވެހިންނަށް ވިއްކާ ގޮތަށް ފުރުސަތު ހުޅުވާލާފައިވާއިރު، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށްވެސް ބިން ގަތުމަށް ބީލަން ހުށަހެޅޭނެއެވެ.

ބީލަން ހުށަހަޅަނީ ފަރުދީ ހައިސިއްޔަތުން ނޫން ނަމަ ނުވަތަ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާންޖެހޭނެއެވެ.

އެޗްޑީސީން ބުނީ ބީލަން ފެށޭ އަގަކީ 7،500 (ހަތްހާސް ފަސްސަތޭކަ) ރުފިޔާ ކަމަށާއި ޝައުގުވެރިވާ މީހުންނަށް ބީލަމުގެ އުސޫލުން ބިންގަތުމަށް އެދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި، ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. އެއީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމާއި ގަންނަން ކަނޑައަޅާފައިވާ ބިމަށް އެކަކަށްވުރެ ގިނަ މީހުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

https://wamco.com.mv/
tel:+9607331319