logo

ހުޅުމާލޭގައި އެކްސިޑެންޓެއް، ތިން މީހަކާ ކުޑަކުއްޖަކަށް އަނިޔާވި

profile

ޝާމާ ޝުޢައިބު - 12 އޮކްޓޯބަރު 2024 - 13:30

ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފައިލް ފޮޓޯ

ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފައިލް ފޮޓޯ

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކާ ކުޑަކުއްޖަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ބުނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެ ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި ކުޑަކުއްޖަކަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މާލެ އަދި ހުޅުމާލޭގައި މި ފަހަކުން އެކްސިޑެންޓުތައް ގިނަވުމުގެ ސަބަބުން ފުލުހުން އަންނަނީ ސަލާމަތީ ކަންކަން ބެލުމަށް ކޮންމެ ދުވަހަކު ވެސް މަގުމަތީގައި ހަރަކާތްތެރިވަމުންނެވެ.

އޭގެ އިތުރުން މާާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިޔުމާއެކު ައާންމު ރައްޔިތަކު މަގުމައްޗަށް ނިކުމެ ދަތުރު ކުރަން ފަށައި ފަސް މިނިޓް ހޭދަވެގެން ދާއިރު ފުލުހަކު ފެންނަން ޖެހޭ ގޮތަށް ފުލުހުންގެ ޚިދުމަތުގެ ޕޮލިސީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަަމަށް ވެސް އެ އިދާރާއިން މިފަހުން ވަނީ ބުނެފައެވެ.

މި މަސައްކަތަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސް ހުއްޓާލާނެ މަސައްކަތެއް ނޫން ކަމަށާ ފުލުހުންގެ ޚިދުމަތް ދިނުމުގައި މިއީ މޮޑެލްއެއްގެ ގޮތުގައި ބަލައިގެން ކުރިއަށް އޮތް ތަނުގައި ޚިދުމަތް ދެމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319