logo
ރައީސް މުޙައްމަދު ނަޝީދު - ފޮޓޯ އެމްޑީޕީ

ރައީސް މުޙައްމަދު ނަޝީދު - ފޮޓޯ އެމްޑީޕީ

ކެމްޕެއިނަށް ރައީސް ނަޝީދު އުތުރަށް ވަޑައިގަންނަވަނީ

profile

އަހުމަދު ޒަލީފު - 27 ޑިސެމްބަރު 2022 - 18:15

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ހޯއްދެވުމަށް އުތުރުގެ ރަށްތަކަށް ވަޑައިގަތުމަށް ނިންމައިފިއެވެ.

https://wamco.com.mv/

ނަޝީދު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އުތުރުގެ 3 އަތޮޅަށެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅު ފައްޓަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އަންނަ ޖެނުއަރީ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ނަންތައް އެމްޑީޕީން ތަރުތީބު ކުރީ މިއަދެވެ.

ކެންޑިޑޭޓު ނަންބަރު އެކެއް ލިބުނީ ނަޝީދަށެވެ. ދޭއް ލިބުނީ ރައީސް ސޯލިހަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް މި ދެ ބޭފުޅުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ފޯމް ހުށަހަޅުއްވައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީ މި ބާއްވަނީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި ޕާޓީގެ ރައީސް ނަޝީދުގެ ފެކްޝަނުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay