logo

ވ.ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ: ފުލުހުން

profile

ރިޟްވާން މޫސާ - 20 މާރިޗު 2026 - 05:36

ވ.ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހަުން އަދިވެސް ނުފެންނަ ކަމަށާޢި އެމީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

https://wamco.com.mv/

މި ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ މިރޭ މެންދަމު 02:30 ހާ ކަންހާއިރުގަ އެވެ.

މި ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ އެ ލޯންޗުން ހަތް މީހަކު ދަތުރު ކުރި ކަމަށެވެ.

ފުލުހުން ބުނީ ލޯންޗުން ދަތުރުކުރީ ޔޫކޭ އާޢި ރަޝިޔާ އަށް ނިސްބަތްވާ ދެ އަންހެނަކާއި، އިންޑިޔާ އަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށެވެ.

މި ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ވެއްޓިފގައި ވަނީ ފަސް މީހުން ކަމަށާއި، އޭގެ ތެރެއިން ތިން މީހަކު ސަލާމަތް ކޮށްފައި ވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ އިންޑިޔާ އަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.

މި ހާދިސާގައި އަނިޔާވި އިންޑިޔާގެ ދެ ފިރިހެނުންނާއި، ރަޝިޔާ އަށް ނިސްބަތްވާ އަންހެނަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

މި ކަމާއި ގުޅިގެން އަދި މިހާތަނަކަށް އެމްއެންޑީއެފްގެ ބަހެއް ނުލިބެ އެވެ. އަދި އަނިޔާވި ތިން މީހުންނަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk