logo

މިފްކޯއިން ޖަޕާނު މާކެޓުގައި ވިޔަފާރި ފުޅާކުރުމަށް މަޝްވަރާކޮށްފި

profile

ރިޟްވާން މޫސާ - 10 މާރިޗު 2026 - 17:35

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މަޝްވަރާކޮށްފިއެވެ.

https://wamco.com.mv/

ޖެޓްރޯއަކީ ޖަޕާނު ސަރުކާރުގެ އިދާރާއެކެވެ.

މިފްކޯގެ އިސް އޮފިޝަލުންގެ ވަފުދެއް ޖަޕާނުގެ ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން މިފްކޯގެ ޓީމާއެކު ބައްދަލުކުރެއްވުން އޮތީ ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ.

މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމާއި އެކަމުގައި ޖެޓްރޯއަށް އެހީތެރިކަން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.

މިފްކޯގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި ކޯޕަރޭޓް އެފެއަރޒް ޖެނެރަލް މެނޭޖަރ އާމިނަތު ސަނިއްޔާ ޝަރީފެވެ. މި މަޝްވަރާގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެފައިވެ އެެވެ.

ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަން ނުވަތް ޖެޓްރޯއަކީ ޖަޕާނާއި ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ސަރުކާރާ ގުޅުންހުރި އިދާރާއެކެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk