
އަލިފުށީ ހޮސްޕިޓަލްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

ރިޟްވާން މޫސާ - 10 މާރިޗު 2026 - 08:06
ރ.އަލިފުށީގަިއ ސަރުކާރުން ތަރައްގީކުރަމުން އަންނަ އެރަށު ހޮސްޕިޓަލްގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީންބުނެފި އެވެ.
އަލިފުށީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ފުޓިން ރީއެންފޯސްމެންޓާއި ޝަޓަރިންގެ މަސައްކަތްތައް ކަމަށެވެ. އަދި އެތަން ކޮނުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
އަލިފުށީގައި 21,542 އަކަފޫޓުގެ ސަރަޙައްދެއްގައި ތަރައްގީ ކުރަނީ ދެ ފަންގިފިލާގެ 30 އެނދުގެ ހޮސްޕިޓަލެކެވެ. 1,482 އަކަފޫޓުގެ ސަރަޙައްދެއްގައި އެއް ފަންގިފިލާގެ ސާވިސް ބްލޮކެއް ގާއިމްކުރާނެއެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 128.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމަން ކަނޑައަޅާފައި ވަނީ 730 ދުވަސްތެރޭގައެވެ.
ގުޅުން ހުރި ޙަބަރުތައް

ހަނގުރާމައިގައި އެމެރިކާ ބަލިވާނެ ކަމުގެ އިޝާރާތެއް!
4 ގަޑިއިރު ކުރިން

ޗައިނާގެ އެކްސްޕޯޓަށް 20 ޕަސެންޓްގެ ބޮޑު ކުރިއެރުމެއް!
4 ގަޑިއިރު ކުރިން

އެމްބިއުލައިންސްތައް މަރާމާތުކުރުމުގެ އެއްބަސްވުމުގައި އެމްޕީއެއިން ސޮއިކޮށްފި
4 ގަޑިއިރު ކުރިން

އުމުރާއަށް ގެންދާނެ ކަމަށްބުނެ ފައިސާ ނެގި މައްސަލަ ފުލުހުން ބަލަން ފަށައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)