
ހަނގުރާމައިގައި އެމެރިކާ ބަލިވާނެ ކަމުގެ އިޝާރާތެއް!

ރިޟްވާން މޫސާ - 10 މާރިޗު 2026 - 08:18
މެދުއިރުމަތީގައި މިވަގުތު ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާ ބަލިވެދާނެ ކަމުގެ އިޝާރާތެއް އެގައުމުން ހާމަކޮށްފި އެވެ.
އެމެރިކާ އާއި އިސްރާއީލު ފެށި ހަނގުރާމައިގެ މަގްސަދު ހާސިލްނުވުމާއެކު ހަނގުރާމަ ހުއްޓާލުމުގެ އިޝާރާތްތައް އެމެރިކާ ދޭން ފެށުމުން ހަނގުރާމަ ނިންމާނެ ތާރީޚު ކަނޑައަޅާނީ އެމެރިކާ ނޫންކަމަށް އީރާން ވަނީ ބުނެފަ އެވެ.
އީރާން އާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ނިމުމަކަށް އަންނަން ވަރަށް ގާތްވެއްޖެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވަނީ ވާހަކަ ދައްކަވާފައެވެ.
އީރާންގެ ރައީސް ޑރ، މަސްއޫދު ބަޒެޝްކިޔާން ވިދާޅުވިގޮތުގައި ހަނގުރާމަ ހުއްޓާލަން އެމެރިކާ ބޭނުންވާކަމުގެ ހުށަހެޅުންތައް އެތައް ގައުމެއް މެދުވެރިކޮށް އީރާނަށް މިހާރު ދަނީ ލިބެމުންނެވެ.
މި ވާހަކަތަކާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމަ ނިންމާނެ ތާރީޚު ކަނޑައަޅާނީ އެމެރިކާ ނޫންކަމަށާ އެކަން ކަނޑައަޅާނީ އީރާނުގެ ދީނީ މުރުޝިދު މުޖްތަބާ ޚަމަނާއި ކަމުގައެވެ.
ޓްރަމްޕް ވަނީ ގަލްފުގެ ހުރުމުޒް ކަނޑުއޮޅިން އެމެރިކާގެ އުޅަނދުތައް ހުރަސްކުރުން އީރާނުން މަނާކޮށްފައި އޮތްއޮތުންވެސް ވަރަށް އަވަހަށް ނިމުން ގެންނާނެކަމަށް ވިދާޅުވެ އެމެރިކާ އަޅާ މި ފިޔަވަޅުތަކުގެ ސަބަބުން ތެލުގެ އަގު ދަށަށް ދާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އީރާން ހަލާކުކޮށްލި އެމެރިކާގެ އަސްކަރީ އިންފްރާސްޓަރަކްޗާގެ މިންވަރު 15 ބިލިޔަން ޑޮލަރަށް ވުރެ މަތިކަމަށް ވެއެވެ.
އެމެރިކާ ވަނީ މިކަންކަމާބެހޭގޮތުން ވާހަކަ ދެއްކުމަށް ފަސްޖެހިފައެވެ. ނަމަވެސް ބައެއް އަމިއްލަ ކުންފުނިތަކުން ހާމަކޮށްފައިވާ ސެޓަލައިޓް ފޮޓޯތަކުން އެނގޭ ގޮތުގައި ގަލްފާއި އިރާގު އަދި އުރުދުންގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ބޮޑުބައިވަނީ އީރާނުގެ މިސައިލް ހަމަލާތަކުގައި އަނދައި އަޅިއަށް ވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޗައިނާގެ އެކްސްޕޯޓަށް 20 ޕަސެންޓްގެ ބޮޑު ކުރިއެރުމެއް!
4 ގަޑިއިރު ކުރިން

އަލިފުށީ ހޮސްޕިޓަލްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް
4 ގަޑިއިރު ކުރިން

އެމްބިއުލައިންސްތައް މަރާމާތުކުރުމުގެ އެއްބަސްވުމުގައި އެމްޕީއެއިން ސޮއިކޮށްފި
4 ގަޑިއިރު ކުރިން

އުމުރާއަށް ގެންދާނެ ކަމަށްބުނެ ފައިސާ ނެގި މައްސަލަ ފުލުހުން ބަލަން ފަށައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)