
އެމްބިއުލައިންސްތައް މަރާމާތުކުރުމުގެ އެއްބަސްވުމުގައި އެމްޕީއެއިން ސޮއިކޮށްފި

ރިޟްވާން މޫސާ - 10 މާރިޗު 2026 - 07:52
ސިއްޙީ ޙިދުމަތްދޭ ތަންތަނުގެ ތެރެއިން ހޮސްޕިޓަލް ތަކާއި، ސިއްޙީ މަރުކަޒުތަކުގައި ބޭނުންކުރާ އެމްބިއުލައިންސްތައް މަރާމާތު ކުރުމުގެ މަސައްކަތުގައި އެމްޕީއެލްއިން ސޮއިޮށްފި އެވެ
މި އެއްބަސްވުމުގެ ދަށުން އަތޮޅުތެރޭގެ ޞިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ އެމްބިއުލަންސްތައް މަރާމާތުކުރުމާއި ސާވިސްކުރުމުގެ މަސައްކަތް ކުރާނެއެވެ.
އެމްޕީއެލް އާޢި ހެލްތް މިނިސްޓްރީއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މުޢީނެވެ.
މި މަސައްކަތް އެމްޕީއެލާ ހަވާލުކުރިއިރު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ކުންފުންޏާ ހަވާލުކޮށްގެން ގެނައި 56 އެމްބިއުލާންސް މިދިޔަ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
ޖުމުލަ 65.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެނައި މި އެމްބިއުލާންސްތަކަކީ އަތޮޅުތެރޭގެ އެކި ރަށްތަކުގެ ސިއްހީ ޚިދުމަތް ހަރުދަނާކުރުމަށް ގެނައި އުޅަނދުތަކެކެވެ
ގުޅުން ހުރި ޙަބަރުތައް

ހަނގުރާމައިގައި އެމެރިކާ ބަލިވާނެ ކަމުގެ އިޝާރާތެއް!
4 ގަޑިއިރު ކުރިން

ޗައިނާގެ އެކްސްޕޯޓަށް 20 ޕަސެންޓްގެ ބޮޑު ކުރިއެރުމެއް!
4 ގަޑިއިރު ކުރިން

އަލިފުށީ ހޮސްޕިޓަލްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް
4 ގަޑިއިރު ކުރިން

އުމުރާއަށް ގެންދާނެ ކަމަށްބުނެ ފައިސާ ނެގި މައްސަލަ ފުލުހުން ބަލަން ފަށައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)