
ޗައިނާގެ އެކްސްޕޯޓަށް 20 ޕަސެންޓްގެ ބޮޑު ކުރިއެރުމެއް!

ރިޟްވާން މޫސާ - 10 މާރިޗު 2026 - 08:17
މި އަހަރުގެ ފުރަތަމަ ދެ މަހު ޗައިނާގެ އެކްސްޕޯޓްތައް 20 ޕަސެންޓަށްވުރެ މައްޗަށް އަރައިފިއެވެ.
އެމެރިކާއިން އެޅި ޓެރިފްތަކުގެ ސަބަބުން އެމެރިކާއަށް ކުރާ އެކްސްޕޯޓް ދަށަށް ދިޔަ ނަމަވެސް، ޔޫރަޕާއި އާޝިއާން ގައުމުތަކުގެ ޑިމާންޑް ބޮޑުވުމުން ޗައިނާގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސް ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އިންޒާރުވެސްދީފަ އެވެ. އެގޮތުން ޗައިނާއިން އެމެރިކާއަށް ދަގަނޑުގެ ބާވަތެއް ކަމަށްވާ މެގްނެޓް ފޯރުކޮށްދިނުން އިތުރުނުކޮށްފިނަމަ ޗައިނާގެ މުދަލުން 200 ޕަސަންޓް ޓެރިފް ނަގާނެކަމުގެ އިންޒާރު ވެސް ވަނީ މީގެ ކުރިން ދީފަ އެވެ.
ރަސްމީ ހިސާބުތައް ދައްކާގޮތުން ލިބުނު މި ކުރިއެރުމަކީ އިޤްތިޞާދީ މާހިރުން ލަފާކުރި ވަރަށްވުރެ ތިން ގުނަ ބޮޑު ކުރިއެރުމެކެވެ. މި ނަތީޖާއާއެކު، 2025 ވަނަ އަހަރު ޗައިނާއިން ހެދި ވިޔަފާރީގެ ރެކޯޑްތައް މި އަހަރު މުގުރާލާނެކަމަށް ވަނީ ބެލެވިފައެވެ.
މި ކުރިއެރުން ހޯދާފައިވަނީ އިލެކްޓްރޯނިކްސް، ދަނޑުވެރިކަމުގެ ބާވަތްތައް އަދި އުފެއްދުންތެރިކަމުގެ މުދަލަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެންނެވެ.
އެގޮތުން ޔޫރަޕްގެ ގައުމުތަކާއެކު ކުރި ވިޔަފާރި 27.8 ޕަސެންޓް ކުރިއަރާފައިވާއިރު، އާޝިއާން ގައުމުތަކަށް ކުރި އެކްސްޕޯޓް ވަނީ ގާތްގަނޑަކަށް 30 ޕަސެންޓް އިތުރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހަނގުރާމައިގައި އެމެރިކާ ބަލިވާނެ ކަމުގެ އިޝާރާތެއް!
4 ގަޑިއިރު ކުރިން

އަލިފުށީ ހޮސްޕިޓަލްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް
4 ގަޑިއިރު ކުރިން

އެމްބިއުލައިންސްތައް މަރާމާތުކުރުމުގެ އެއްބަސްވުމުގައި އެމްޕީއެއިން ސޮއިކޮށްފި
4 ގަޑިއިރު ކުރިން

އުމުރާއަށް ގެންދާނެ ކަމަށްބުނެ ފައިސާ ނެގި މައްސަލަ ފުލުހުން ބަލަން ފަށައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)