logo

ވެލާނާ އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި

profile

ރިޟްވާން މޫސާ - 25 މާރިޗު 2026 - 07:08

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 ބޭނުންކުރާ ފަސެންޖަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.

https://wamco.com.mv/

އެމްޢެސީއެލްގެ ޓްރެފިކް ފްލޯއަށް މި ގެނައި ބަދަލަކީ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގޮތުން މި ގެނައި ބަދަލާއެކު ޓާމިނަލް 2 ގެ ކުރިމަތީގައިވާ ސަރަހައްދުން ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ފަދަ ގޮތަކަށް ގެނައި ބަދަލެކެވެ.

މި ބަދަލު ގެނެސްފައި ވަނީ މިއަދު ހެނދުނު 10 ޖެހި އިރު ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

މި އިންތިޒާމުގެ ދަށުން ޓާމިނަލް 2 ގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށެވެ.

މި ސަރަހައްދުގައި ފަހަރަކު 4 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ.

އަދި ޓާމިނަލް 2 ގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ސަރަހައްދެވެ. މި ސަރަހައްދުގައި ފަހަރަކު 5 ޓެކްސީއަށް މަޑުކުރެވޭނެ ކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk