logo

ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެފުރަތަމަ ޖަލްސާ މިއަދު ބާއްވައިފި

profile

ރިޟްވާން މޫސާ - 08 މާރިޗު 2026 - 08:02

މި ރަމަޝާން މަހު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މިއަދު ބާޢްވާފައިވައިފި އެވެ.

https://wamco.com.mv/

ބަރަކާތްތެރި ރަމަޝާން މަސް ނިމެން ވަނީ 11 ދުވަހަށްވެފަ އެވެ.

މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގަ އެވެ. އެއީ މިއަހަރުގެ ޝަޢުބާން މަސް ނިމުނު ދުވަހެވެ.

މި މުއްދަތުގައި މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި ނަމަވެސް، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއާއި، ޖުޑީޝަރީ ކޮމިޓީއާއި، ފެނަކައިގެ ޚާއްސަ އޮޑިޓުތައް ދިރާސާކުރާ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއާއި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވިއެވެ. މިއަދަށްވެސް ހަތަރު ކޮމިޓީއެއްގެ ބައްދަލުވުން ތާވަލުކޮށްފައި އެބައޮތެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާއަށް ބަލާލާއިރު، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ވަޠަނީ ޚިދުމަތުގެ ބިލަށާއި، ސާބިއާއާއި އޮމާނާއި އަރުމީނިއާއަށް ކަނޑައަޅާ ސަފީރުންނާ މެދު ޚާރިޖީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓުތަކަށާއި، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރާނެއެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މާދަމާ ފަހު 10 އަކަށް ސަރުކާރު ބަންދުވާއިރު އެ ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާ ނޯންނާނެކަން އަންގާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ ހަ ރޯދައަށް ފަހުގައި ކަމަށް އެ މެންބަރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk